އިންޑިއާއިން ރާއްޖެ އެތެރެކުރާ ޒަރޫރީ ތަކެތީގެ ކޯޓާ އިތުރުކޮށްދީފި
އަހުމަދު ނިހާން
02 އޭޕްރީލް 2025 - 15:03
0 comments

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ޒަރޫރީ ބާވަތްތައް ރާއްޖެ އެތެރެކުރަން ކަނޑައަޅައިފައިވާ މިންވަރު އެ ގައުމުން އިއްޔެ އިތުރުކޮށްދީފި އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެފައި އޮންނަ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މި ތަކެތި އެތެރެކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެގޮތުން މި އަހަރާއި އަންނަ އަހަރަށް ބޭނުންވާ ބައެއް ކާބޯތަކެތި ފޮނުވުމަށް އިންޑިއާގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.އެ ތަކެތީގެ ތެރޭގައި ހިމެނެނީ:- ތިން ބާވަތުގެ ކާޑު
- ބިސް
- ފިޔާ
- އާފަލު
- މުގު
ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި ވެސް އިންޑިއާއިން ގަނެވޭ ގޮތަށް އެއްބަސްވުމުގައިވެ އެވެ.އިންޑިއާއިންވަނީ އެ ގައުމުން ޒަރޫރީ ކާބޯތަކެތި އެކްސްޕޯޓްކުރުން ވަރަށް ގިނަ ގައުމުތަކަށް ހުއްޓައިލައިފައެވެ. ނަމަަވެސް އެ ގައުމުގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖެއަށް އައީ އެ ތަކެތި އެކްސްޕޯޓް ކޮށްދެމުންނެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ގެންގުޅުއްވި އިންޑިއާ އާ ދުރު ހާރިޖީ ސިޔާސަތާއެކު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަމަވެސް ފަހުން އެ ގުޅުން ބަދަހިކޮށް އިންޑިއާއިން އަންނަނީ ރާއްޖެއަށް ގިނަ ކަންކަމުގައި ބޮޑެތި އެހީތައް ދެމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު
އެންމެ ފަސް
އެންމެ މަގުބޫލު
Copyright © 2018 Hoara Online