ވިޔަފާރި
އެސްޓީއޯގެ ބޯޑަށް ފަޒީނާ އައްޔަންކޮށްފި
އެސްޓީއޯގެ ބޯޑަށް އައްޔަންކުރި ފަޒީނާ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ގދ. ގައްދޫ ބިލަތްމާގެ އާއިޝަތު ފަޒީނާ އައްޔަންކޮށްފިއެވެ.

މިކަމާ ގުޅިގެން މިއަދު އެސްޓީއޯއިން ބުނީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީ)ން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ބަދަލުގެންނަވާފައި ވާކަމަށެވެ.

އެގޮތުން އެ ކުންފުނީގެ ޑޮރެކްޓަރުންގެ ބޯޓަށް ފަޒީނާ ވަނީ އައްޔަން ކުރައްވާފަ އެވެ.

އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް އައްޔަންކުރެވުނު ފަޒީނާއަކީ ކުރީގައިވެސް އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ދައުލަތުގެ ހިއްސާ އެކުލެވޭ ކުންފުނިތަކާއި ކޯޕަރޭޝަންތަކުގެ މާލީ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލެވުނު ފިނޭންސް ޑިރެކްޓަރުންގެ ޕޫލްގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ މި މަޤާމު ހުސްވެފައިވަނީ، މި މަޤާމުގައި ކުރިން ހުންނެވި މުހައްމަދު މުރާދު 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ ކުންފުނީގެ ބޯޑުގައި މިހާރު ތިއްބަވަނީ ހަތް ބޭފުޅުންނެވެ. އެއީ:

  • އާމިރު މަންސޫރު: ޗެއާމަން
  • ޝިމާދު އިބްރާހީމް: މެނޭޖިން ޑިރެކްޓަރު
  • މުހައްމަދު ނިޒާމް: ސީއެފްއޯ
  • މުހައްމަދު އަހްސަން ސަލީމް: ޑިރެކްޓާ
  • ދާނިޝް މުހައްމަދު އަމީން: ޑިރެކްޓާ
  • ރީޝާ އަބްދުލް މުންނިމް: ޑިރެކްޓާ
  • އައިޝަތު ފަޒީނާ: ޑިރެކްޓާ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު