ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އެސްޓީއޯއިން ހޯލްސޭލުކޮށް ކާށި ވިއްކަނީ
އިސްމާއިލް ރިޒާ
09 މާޗް 2025 - 16:18
0
comments
Tweet
Telegram
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއީ) މެދުވެރިވެ، އަމިއްލަ ހޯލްސޭލަރުންނަށް ކާށި ގެނެސްދޭން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
މި ރޯދަމަހަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެސްޓީއޯއިން ވެފައިވާ ހާއްސަ ތައްޔާރީތަކުގެ ދަށުން ބާޒާރުގެ އާންމު ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ބަލައި އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
މިހާރު ބާޒާރުގައި ކާށީގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން ކާއްޓެއްގެ އަގު ހުރީ 40 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައެވެ. މި އަގުތައް މިހެން ހުރިތާ މިހާރު ހަފުތާއެއްހާ ދުވަސްވެ، އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
ކާށީގެ އަގު ތިރިކުރުމަށް ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ސީދާ އާންމުންނަށް ކާށި ވިއްކަން އެސްޓީއޯއިން ފެށިއެވެ. އަދި އުފެދޭ ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައް ވެސް ބާޒާރަށް ނެރެމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.
ކާށީގެ ސްޓޮކް ހޯދަން ބޭނުންވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި 7291124 އަށް ވައިބަ މެސެޖް ކޮށްގެން ވެސް ބުކް ކުރެވޭނެ އެވެ.
އެސްޓީއޯއިން ކާށި ގެންނަނީ އިންޑިއާއިންނެވެ. ކާށީގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން އަދި ޝިޕްމަންޓް އައުމުން ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
މި ހިދުމަތުގެ މައިގަނޑު މަޤްޞަދަކީ، ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ގަޑިއިރު ކުރިން
0
އަންގާރަ ދުވަހުން ފެށިގެން މާލޭ ސަރަހައްދަށް މަސްދަޅު ކޭސް ދޫކުރާނީ މިފްކޯގެ ފިހާރަތަކުން
2 ދުވަސް ކުރިން
0
ރޯދައިގެ ހިކުމަތް
3 ދުވަސް ކުރިން
0
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މާލޭގައި މަސްދަޅު ކޭސް ބަހައި ނިންމަނީ
4 ދުވަސް ކުރިން
0
އެޗްޑީސީ އާއި ސަލަފު ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް އިފްތާރު ޕެކު ދެނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބީއެމްއެލް ޕްރޮމޯޝަން: ޗެމްޕިއަންސް ލީގު ފައިނަލުގައި ދަނޑަށް އެރުމުގެ ފުރުސަތު
3 ގަޑިއިރު ކުރިން
0
ގދ. ގަމުގައި އިންވެސްޓުކުރަން ހުޅުވާލައިފި
3 ގަޑިއިރު ކުރިން
0
ހާފިޒުން ދަސްވެނިވުމަށް ފުރަތަމަ ފަހަރަށް ހާއްސަ ހަފުލާއެއް
3 ގަޑިއިރު ކުރިން
0
އަންގާރަ ދުވަހުން ފެށިގެން މާލޭ ސަރަހައްދަށް މަސްދަޅު ކޭސް ދޫކުރާނީ މިފްކޯގެ ފިހާރަތަކުން
9 ގަޑިއިރު ކުރިން
0