ޚަބަރު
ގދ. ގަމުގައި އިންވެސްޓުކުރަން ހުޅުވާލައިފި
ގދ ގައްދޫ އަދި ގދ ގަން
ގދ. ގައްދޫގެ އިހްތިސާސްގައި ހިމެނޭ ގދ. ގަމުގައި އިންވެސްޓްމަންޓް ހިންގުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ގައްދޫ ކައުންސިލުން ގެޒެޓުކުރި އިއުލާނެއްގައި ވަނީ މި ފުރުސަތު ރާއްޖޭގެ ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަަށް ވެސް އޮންނާނެ ކަމަށެވެ.

އިންވެސްޓުމަންޓުތަކަށް ހުޅުވާލީ ދާއިރާތަކަކީ:

  • ފަތުރުވެރިކަން
  • ދަނޑުވެރިކަން
  • މަސްވެރިކަން
  • ޕްރޮޑަކްޝަން އަދި މެނުފެކްޗަރިން
  • ރިސާޗިން
ގދ. ގަމުގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެ އެވެ. ގައްދޫ ކައުންސިލުން މީގެ ކުރިން ވެސް ވަނީ ވިޔަފާރި އުސޫލުން ގަން ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަމާ ނުރުހުން ފާޅުކޮށް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ އިދާރާއިން ވަނީ އެ މަސައްކަތް ހުއްޓުވާފަ އެވެ.

ގަން، ގައްދޫ ކައުންސިލްގެ އިހުތިސޯސްތެރޭގައި ހިމަނައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު