ޚަބަރު
ސަރުކާރާއި ދެކޮޅަށް 2 ވަޒީރަކު އަމިއްލަ ގޮތުން ގައްދޫ ދާއިރާއަށް ކެނޑިޑޭޓަކު ނެރެނީ!
ގައްދޫ ދާއިރާއަށް ވާދަކުރަން ނިންމި މުހައްމަދު އަލީ
ޕީޕީއެމް ޕީއެންސީ ޕްރައިމަރީ ނަތީޖާ އިއުލާނު ކުރުމާއިއެކު ސްޕޯޓްސް މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަލީ ގައްދޫ ދާއިރާއަށް އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރާކަން ވަނީ އިއުލާން ކޮށްފަ އެވެ. 

މުހައްމަދު އަލީ ފޭސްބުކްގައި ކުރި ޕޯސްޓުގައި ވަނީ "ސަރުކާރާއި ގުޅިގެން ގައްދޫ ވާދޫގެ ތަރައްގީ ކަށަވަރު ކުރުމަށް އަޅުގަނޑު މުހައްމަދު އަލީ، ގައްދޫ ދާއިރާއަށް ވާދަކުރަން ނިންމައިފިން" މިފަދައިންނެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު އަލީ އަކީ މިސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު އަށް ބޮޑުބޭބެ ކިޔާ ފަރާތެކެވެ، އަދި ކެމްޕޭންގައި އަމަލީގޮތުން އެޑިޔުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު  އަދި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދު الله މުއްތަލިބް ހަރަކާތްތެރި ވަމުންދާކަމުގެ މައުލޫމާތު ލިބެ އެވެ. އެގޮތުން ދާއިރާގެ ވަޒީފާތަކަށް މީހުން ހަމަޖެހިގެންދާނީ މުހައްމަދު އަލީ އަށް ތާއީދު ކުރުމަށް އެއްބަސްވުމުން ކަމަށް މިނިސްޓަރ އިސްމާއިލް ޝަފީއު ދަނީ އަންގަމުންނެވެ.

https://www.facebook.com/story.php?story_fbid=122107481558191653&id=61555749598427&mibextid=2JQ9oc

މަޖިލީހަށް ކުރިމަތިލާކަން އިއުލާންކުރި މުހައްމަދު އަލީގެ އަރިސް ބޭފުޅެއްގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި އޭނާ ކުރިމަތިލަނީ ވަޒީރުގެ އިރުޝާދުގެ ދަށުން އަދި ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެދިވަޑައިގެން ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް "ހޯރަ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމަށް ކެބިނެޓްގެ ގިނަ ވަޒީރުން ވެސް ދެކޮޅު ހަދަމުންދާކަން ވަނީ ހާމަވެފަ އެވެ.

ޕީޕީއެމް / ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އިންތިހާބުގެ ކުރިން މުހައްމަދު އަލީ އަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދިނުމަށް އެޑިޔުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު ދިޔައީ ލޮބީ ކުރަމުންނެވެ، އަދި ޕްރައިމަރީ އިއުލާން ކުރުމާއިއެކު، ވާދަ ކުރުމަށްފަހު ކާމިޔާބު ނުވާކަން އިނގުމުން  ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަލީ ވަނީ ނަން އަނބުރާ ނަގާ ޕްރައިމަރީގައި ވާދަ ނުކުރަން ނިންމާފަ އެވެ. ގައްދޫގައި ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި މިގޮތަށް ކަން ހިނގަމުން ދާތީ ޕާޓީ ބައިބައިވެ ރޫޅިދާނެކަމަށް ގިނަ ބަޔަކު ދެކެ އެވެ. 

މައުލާމާތު ލިބިފައިވާ ގޮތުގައު އެޑިޔުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު އިސްނަގައިގެން މުހައްމަދު އަލީ އަށް ތާއީދު ހޯދުމަށް ގިނަ ބަޔަކަށް ވަޒީފާ ދިނުމަށާއި، ޕްރޮޖެކްޓްތަކާއި، ސަރުކާރު ނަމުގައި ބޮޑެތި އަދަދުން ލޯނު ނެގުމަށް އެޕްރޫވްކުރުމަށް ވައުދުވާކަމުގެ މައުލޫމާތު ލިބެއެވެ. ނަމަވެސް މިއަދާއި ހަމައަށް މިއިން އެއްވެސް ކަމެއް ހިނގާފައި ނުވާތީ އެކަމާއި އެތަށް ބައެއްގެ ހިތްހަމަނުޖެހުން އޮތްކަމަށް މައުލޫމާތު ލިބެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
60%
15%
17%
8%
4 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު