
އީސީން ބުނީ މިދިޔަ ބުރާސްފަތީގެ ނިޔަލަށް 35 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށާއި 333 ކެންޑިޑޭޓުންގެ މާލީ ބަޔާން އަދި ހުޅަހަޅާފައިނުވާ ކަމަށެވެ.މިދިޔަ މަހުގެ 19 ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރި އެވެ. މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ވިޔަސް ނުވަތަ ނުވިޔަސް، އީސީއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް އީސީން އެކުލަވާލައިފައިވާ ގަވާއިދުތަކުން ކެންޑިޑޭޓުންނަށް ލާޒިމެވެ.އީސީން ބުނީ މާލީ ބަޔާން ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައި ހުށަނާޅާ ކެންޑިޑޭޓުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. މާލީ ބަޔާން ހުށަނާޅައިފި ނަމަ ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފި ނަމަ، އެ ކެންޑިޑޭޓެއްގެ އަދަބަކީ، އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72،000.00ރ. އިން ޖޫރިމަނާކުރުމެވެ.