ދިރާގުން ކަސްޓަމަރުންނަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތާ އެކު "ފޯރިން ގުގުމާލާ" ކެމްޕެއިން ތައާރަފްކޮށްފިއެވެ.
މި ކެމްޕެއިންގެ ތެރެއިން ދިރާގުން އިއުލާނުކޮށްފައިވާ މައިގަނޑު ތިން ޕްރޮމޯޝަނަކީ:ޖެހީ ލިބުނީ
ކަސްޓަމަރުން ސަޕޯޓުކުރާ ޓީމުން ޖަހާ ކޮންމެ ލަނޑަކާ އެކު 1ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭ މި ޕްރޮމޯޝަނުގައި ދިރާގު އެޕްގައިވާ 'ޖެހީ ލިބުނީ' ބެނާއަށް ފިއްތާލުމަށް ފަހު، ސަޕޯޓުކުރާ ޓީމެއް އިހުތިޔާރުކޮށްގެން ފަސޭހަކަމާ އެކު ބައިވެރިވެވޭނެ އެވެ.މި ޕްރޮމޯޝަން ނިމޭއިރު، ލީޑަބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތަށް:- ޕީއެސް5 ސްލިމް 1ޓީބީ
- އީއޭ އެފްސީ 26 ބަންޑްލްއެއް
- ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165 ހާޒް ކިއުއެޗުޑީ ކާވްޑް މޮނިޓަރެއް
އެމްޓީވީ މޯބައިލް އެޑް-އޮން – ވީއާ26ޕާސް
މި ޕްރޮމޯޝަންގެ ތެރެއިން ދިރާގުއެޕް މެދުވެރިކޮށް 'ވީއާ26ޕާސް' އެކްޓިވޭޓްކުރުމަށް ފަހު މީޑިއާނެޓްގެ އެމްޓީވީ މޮބައިލް އެޕް މެދުވެރިކޮށް މެޗުތައް ވަގުތުން ބަލާލުމުގެ ފުރުސަތު ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 275ރ.އަށް ލިބޭނެ އެވެ.މިއާ އެކު 3ޖީބީ ޑޭޓާ ވެސް މުޅިން ހިލޭ ލިބި، ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާ އެކު މެޗުތައް ބަލާލެވޭނެ އެވެ.25ޖީބީ ފޯރި ބޯނަސް
ދިރާގު ޕްރިޕެއިޑްގެ ވަކި ހާއްސަ އެޑް-އޮންތަކާ އެކު 25ޖީބީ ފޯރި ބޯނަސް ލިބޭނެ އެވެ. މި އޮޑް-އޮންތައް އެންމެ 20ރ. އިން ފެށިގެން ލިބެން ހުންނާނެ އެވެ.ދިރާގުން ދަނީ މިފަދަ އެކި ހަރަކާތްތަކަށް ހާއްސަކޮށް ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ގެނެސް ދިނުމަށް އެފަދަ އެކި ޕްރޮމޯޝަންތައް ތައާރަފް ކުރަމުންނެވެ.
ވޯލްޑް ކަޕް 2026 ފަށާނީ މިރޭ 12 ޖަހާއިރު މެކްސިކޯ އާއި ސައުތު އެފްރިކާ ކުޅޭ މެޗުންނެވެ. މިފަހަރުގެ ވޯލްޑް ކަޕް ބާއްވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގަ އެވެ. މިއީ ތިން ގައުމެއް އެކުވެގެން ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. އަދި 48 ގައުމު ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕަކީ ވެސް މިއީ އެވެ. އެހެންވެ މި މުބާރާތުގެ ހާއްސަކަން ވަނީ އިތުރުވެފަ އެވެ.