އިލެކްޝަންސް ކޮމިޝަން (އީސި)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އިންތިހާބުތަކާއި ސިޔާސީ ޕާޓީތައް ބަލަހައްޓާ އެ ކޮމިޝަންގެ މެމްބަރު ކަމަށް އަންނަ މަހުގެ ތިން ވަނަ ދުވަހުގެ 12:00 އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.
އެ ކޮމިޝަންގެ މެމްބަރަކަށް ޒާހިދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އަދި ކޮމިޝަންގެ ރައީސް ކަމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.އިލެކްޝަންސް ކޮމިޝަނަކީ 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަޙްމާން ސޮލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާއާއި އަބްދުލްޙަސީބް އިސްމާއީލާއާއި އަލްއުސްތާޒް ރިފްއަތު އަބްދުﷲ އެވެ.
މިވަގުތު އެކޮމިޝަނުގެ ރައީސްގެ މަގާމު އޮތީ ހުސްކޮށެވެ. ރައީސްގެ މަގާމުގައި ހުންނަވާނީ ކޮމިޝަނުގެ މެންބަރުން ހަމަވުމުން އެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރުހުމާއެކު ރައީސް އައްޔަން ކުރައްވާ މެންބަރެކެވެ.