ވިޔަފާރި
ދިރާގުން ބޮޑު އީދަށް ރިސޯޓަށް ؛ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކޮށްފި
ދިރާގުން ކުރިއަށްގެންދާ 'ބޮޑު ޢީދަށް ރިސޯޓަށް' ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކޮށްފިއެވެ.

އެއީ ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް، ބޮޑު އީދަށް ރިސޯޓް ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭ ހާއްސަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގެ ދަށުން ދޭ 1،000 ޑޮލަރުގެ ރިޒޯޓް ޗުއްޓީ ޕެކޭޖް ލިބުނު ފުރަތަމަ ނަސީބުވެރިއަކީ ޔޭ ލިން ޓުޓް ނަމަކަށް ކިޔާ މީހެކެވެ. 

މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އަދިވެސް އޮތްކަން ދިރާގުން ވަނީ ފާހަގަކޮށްފަ އެވެ.

މި ގޮތުން 100 ރުފިޔާއިން މަތީގެ އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ "ބޮޑު އީދަށް ރިސޯޓަށް'' ބެނާއަށް ފިއްތާލައިގެން މި ޕްރޮމޯޝަންގައި އެންރޯލް ކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 3 ނަސީބުވެރިއަކަށް މި ހާއްސަ އިނާމު ލިބިގެންދާއިރު، ކޮންމެ ހަފްތާއަކު އެއް ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަހުގެ 3 އިން 23 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންއިން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 1,000 ޑޮލަރުގެ އަގުހުރި ރިސޯޓު ޗުއްޓީ ޕެކޭޖެއް ލިބިގެންދާނެ އެވެ. 

ދިރާގުން ބުނީ، އެ ކުންފުނީގެ މަގުސަދަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ޢީދު ފަދަ ޚާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު އަދި ފައިދާކުރަނިވި ތަޖުރިބާތަކެއް ފޯރުކޮށްދިނުން ކަމަށެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު