ވިޔަފާރި
ދިރާގުން ބޮޑު އީދަށް ރިސޯޓު ދަތުރުތަކެއް ދޭ ޕްރޮމޯޝަނެއް ފަށައިފި
ދިރާގުން މިއަހަރުގެ އަޟްޙާ އީދަށް ހާއްސަކޮށްގެން ރިސޯޓް ދަތުރެއް ލިބޭ "ބޮޑު އީދަށް ރިސޯޓަށް" ޕްރޮމޯޝަން ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ރިސޯޓު ދަތުރެއް ކާމިޔާބު ކުރުމުގެ ރަނުގެ ފުރުސަތު ދިރާގު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަންގައި:

  • ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައި 

  • 100ރ. އިން މަތީގެ އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ 'ބޮޑު އީދަށް ރިސޯޓަށް'' ބެނާއަށް ފިއްތާލައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ

މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 3 ނަސީބުވެރިއަކަށް މި ހާއްސަ އިނާމު ލިބިގެންދާއިރު، ކޮންމެ ހަފްތާއަކު އެއް ނަސީބުވެރިއަކު ހޮވާނެ އެވެ. އެގޮތުން، މި މަހުގެ 23ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 1,000 ޑޮލަރުގެ އަގުހުރި ރިސޯޓު ޗުއްޓީއެއް ލިބޭނެ އެވެ.

ދިރާގުން ބުނީ އީދު ބަންދަކީ އާއިލާ އާއި ރަހުމަތްތެރިންނާއެކު އީދު ފާހަގަކުރުމަށް އެކުގައި އެކި ތަންތަނަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، އެ ޕްރޮމޯޝަން ހާއްސަކޮށްފައި ވާނީ ނަސީބުވެރި ކަސްޓަމަރުންނަށް ހިތްގައިމު ރިސޯޓް ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު