ށ. މިލަންދޫ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.
މިއީ ށ. އަތޮޅުގައި ތަރައްގީކުރާ ހަތަރު ވަނަ އެއާޕޯޓެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން އެއްކޮށް ހިއްކައި ނިންމާފައި ވަނީ 31 ދުވަހުގެ ތެރޭގައި ކަމަށެވެ.
އެއާޕޯޓު އެޅުމަށް ބިން ހިއްކަން ފަށާފައި ވަނީ މިދިޔަ އޭޕްރީލް 3 ގައި ކަމަށާއި އެ މަސައްކަތް ނިމިފައި ވަނީ އިއްޔެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.މިލަންދު އަކީ 2،700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.އެ ރަށުގެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާތާ ދެ އަހަރާ ބައިގެ ތެރޭގައި ނިންމާ ގޮތަށް އެމްއޭސީއެލާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ގަ އެވެ.