ޚަބަރު
މިލަންދޫ އިން 11 ހެކްޓަރުގެ ބިން ހިއްކައިފި
ށ.މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް 11 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ބުނެފި އެވެ. 

މިލަންދޫގެ ތަރައްގީގެ މި މަޝްރޫޢުތައް ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. 

މި މަސައްކަތް ކުރިއަށްދަނީ އެއްފަހަރާ 35,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ހުރި ”ކުއީން އޮފް ދަ ނެދަލެންޑްސް“ ޑްރެޖަރު ބޭނުން ކޮށްގެންނެވެ.

މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ޙަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ސަރުކާރުގެ އަމާޒަކީ އަމަލީ މަސައްކަތް ފަށާ ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު