ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މޭޔަރު އާޒިމްއަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
ހުސެން ރަޝީދު
25 އޭޕްރީލް 2026 - 18:58
0
comments
Tweet
Telegram
އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާ ދިނުމުން އެކަން ރައީސް މުހައްމަދު މުއިއްޒު މިއަދު ކުށްވެރި ކުރައްވައިފި އެވެ.
ރޭގެ މުޒާހަރާގައި، މުޒާހަރާގެ ބައިވެރިން މަގުމަތިން ހިނގާފައި ދަނިކޮށް މަގެއްގެ އަރިމަތީގައި ހުރި މީހަކު ވަނީ އާޒިމްގެ މޭމަތީގައި އަތް އަޅާ ކޮށްޕާލާފަ އެވެ. އެ ވަގުތު އާޒިމް ކައިރީގައި ތިބި ބަޔަކު ވަނީ ރައްދުގައި ހަމަލާދީފަ އެވެ.
މި ހަމަލާއަކީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް އާޒިމް ވަނީ ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް ރަައީސް އޮފީހުން ނެރުނު ބަޔާނެއްގައއި ބުނީ، އާޒިމަށް ހަމަލާދިން ވީޑިއޯ ރައީސް މުއިއްޒަށް ފެނިވަޑައިގެންނެވި ކަމަށާއި އެ މައްސަލަ އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރި ކުރެއްވި ކަމަށެވެ.
"ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންފައިވާކަމަށާއި، މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރި ކުރައްވާކަން ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
މާލޭގެ މޭޔަރަކީ ރައްޔިތުންގެ ވޯޓުން އިންތިހާބުވެފައިވާ ބޭފުޅެއްކަން ފާހަގަ ކުރައްވައި، ސިޔާސީ މަސައްކަތުގައި އުޅުއްވާއިރު ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
"ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް އަދި ނުކުރާ ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ކުރީގެ މިނިސްޓަރު އާދަމް ނަސީރު މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ މުޝީރަކަށް
8 ދުވަސް ކުރިން
0
ރައީސް އޮފީހުގެ އިސް މަގާމަކަށް ނާޒިމް
23 ދުވަސް ކުރިން
0
ޝަކުވާ އޮފީހުގެ ވެރިޔަކަށް ޑރ. މާހިދު ޝަރީފް
27 ދުވަސް ކުރިން
0
ކައުންސިލްތައް އުވާލުމުން ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އަތޮޅު އޮފީހެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދ.މީދޫ ކައުންސިލް ރައީސް އިންތިހާބު: ގިނަ ބަޔަކު ވޯޓުލައިފި
8 ގަޑިއިރު ކުރިން
0
ވަތަނީ ހިދުމަތް ނިންމި 137 ދަރިވަރަކު ސިފައިންގެއަށް
8 ގަޑިއިރު ކުރިން
0
އިންތިހާބުގެ ނަތީޖާއިން ހާމަވީ ރައީސް ނަޝީދަށް އޮތް ތާއީދާއި ލޯބި!
8 ގަޑިއިރު ކުރިން
0
ސިވިލް ސާވިސް ކޮންފަރެންސް ފަށައިފި
10 ގަޑިއިރު ކުރިން
0