ރާއްޖޭގެ ގޭމިން ދާއިރާ ކުރިއަރުވައި، އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑީޖީޖީއިން ކުރާ މަސައްކަތުގެ ދަށުން ތައާރަފުކުރި މި އެޑްއޮންތަކަކީ، ގޭމް ކުޅުންތެރިންނަށް ބޭނުންވާ ހަލުވި އަދި ފެންވަރު ރަނގަޅު އިންޓަނެޓް ފޯރުކޮށްދިނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ.
ދިވެހިރާއްޖޭގެ ގޭމިން ދާއިރާ ކުރިއަރުވައި، އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑީޖީޖީއިން ކުރާ މަސައްކަތުގެ ދަށުން ތައާރަފުކުރި މި އެޑްއޮންތަކަކީ، ގޭމް ކުޅުންތެރިންނަށް ބޭނުންވާ ހަލުވި އަދި ފެންވަރު ރަނގަޅު އިންޓަނެޓް ފޯރުކޮށްދިނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ހިދުމަތެއް ކަމަށް ދިރާގުން ބުނެފައިވެ އެވެ.
ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ގޭމް ކުޅޭ ފަރާތްތަކުގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި އެޑްއޮންތަކުގެ ދަށުން، ގޭމްއޮން ޕްލޭންތައް 100 ރުފިޔާއިން ފެށިގެން ލިބޭނެ އެވެ.
މި ޕްލޭންތަކުގެ ތެރޭގައި 100ޖީބީ، 200ޖީބީ އަދި ގޭމްއޮން ލިމިޓްލެސް އެޑްއޮންތައް ހިމެނެ އެވެ. އަދި، މި އެޑްއޮންތައް އެއް ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ބޭނުންކުރެވޭނެ އެވެ.
ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑީޖީޖީ ވެބްސައިޓް މެދިވެރިކޮށް ފަސޭހަކަމާ އެކު މި އެޑްއޮންތައް އެކްޓިވޭޓްކުރެވޭނެ އެވެ. އެޑްއޮން އެކްޓިވޭޓް ކުރުމަށް، ޑީޖީޖީ ވެބްސައިޓްގެ "ޕްރޮޑަކްޓްސް" އަށް ދިއުމަށްފަހު، ބޭނުންވާ އެޑްއޮންއެއް އިހުތިޔާރުކޮށް، ފޯނު ނަންބަރު ޖަހައިގެން ކުރިއަށް ދެވޭނެ އެވެ. އަދި ފޯނަށް ލިބޭ އޯޓީޕީ ވެރިފިކޭޝަން ފުރިހަމަ ކުރުމުން އެޑްއޮން އެކްޓިވޭޓްވާނެ އެވެ.
މިއީ ރާއްޖޭގެ ގޭމިން ދާއިރާ ކުރިއަރުވައި، އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑީޖީޖީއިން ކުރާ މަސައްކަތުގެ ދަށުން ތައާރަފުކުރި އެޑްއޮންތަކެއް ކަމަށް ދިރާގުން ބުންޏެވެ. އަދި މި އެޑްއޮންތަކާ އެކު ގޭމަރުން ބޭނުންވާ ހަލުވި އަދި ފެންވަރު ރަނގަޅު އިންޓަނެޓް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމުގެ ގޮތުގައި، ޑީޖީޖީއިން ދަނީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވައި، ގޭމް ކުޅޭ ފަރާތްތައް ބާރުވެރިކުރުވައި، މި ދާއިރާގެ މުސްތަގުބަލު ބިނާކުރުމުގައި އިސްދައުރެއް އަދާކުރަމުންނެވެ.