ޚަބަރު
ޕީއެންސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަކަށް ލަމްއާން
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް މިދިޔަ ހަފްތާގައި އައްޔަން ކުރި މުހައްމަދު ލަމްއާން، ވެރިކަން ކުރާ ޕީއެންސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހަމަޖައްސަވައިފި އެވެ.

ޕީއެންސީއިން މިއަދު ވަނީ އޭނާ އެ މަގާމަށް ހަމަޖެއްސިކަން އިއުލާންކޮށް، މަރުހަބާ ކިޔާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށްފަހު ޕީއެންސީގެ އެތެރޭގެ ބައެއް މަގާމުތަކަށްވެސް އަންނަނީ ބަދަލުގެންނަމުންނެވެ. އެގޮތުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި މުއާޒް ހަލީމް ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވީ ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި މީގެކުރިން ހުންނެވި މޫސާ ފަތުހީ އާދަމް އެވެ.

ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު