ވިޔަފާރި
މިދިޔަ މަހު ޑޮލަރުން ދައުލަތަށް ލިބުނުވަރު ދަށަށް!
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން އިންޑިއާ ފަތުރުވެރިންތަކެއް - ފޮޓޯ: ދައުރު
މިދިޔަ މަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 17 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.

ޓެކްސް އިދާރާ، މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް ޑޮލަރުން ލިބުނީ 89 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މެއި މަހު ދައުލަތަށް ޑޮލަރުން 105 މިލިއަން ލިބިފައިވެ އެވެ.

ޑޮލަރުގެ އާމްދަނީ އެހާ ބޮޑަށް ދަށަށް ދިޔައީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވަލޮޕްމެންޓް ފީ ވެސް ދަށްވެފައިވުމުންނެވެ. 

މިއަހަރުގެ ފަސް މަސްދުވަސް ފާއިތުވީއިރު ދައުލަތަށް ލިބުނު ޖުމްލަ އާާމްދަނީ އަކީ 16.4 ބިލިއަން ރުފިޔާ އެވެ. އަދި ޑޮލަރުން ލިބުނު އާމްދަނީއަކީ 749.3 މިލިއަން ޑޮލަރެވެ. 


މިދިޔަ ފެބްރުއަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށި، އެ ސަރަހައްދުގެ ގައުމުތަކުގެ އެއާލައިންތައް ހުއްޓުމަކަށް އައެވެ. މެދުއިރުމައްޗަކީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރާ ރޫޓެއް ކަމުން، އެ ދުވަސްވަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވި އެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު