ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ބަހައްޓަނީ
މަރިޔަމް އަނާ
10 މާޗް 2025 - 12:21
0
comments
Tweet
Telegram
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ހެދުމަށް ސްޓެލްކޯއިން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމާގުޅެގެން އެމްޓީސީސީން ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ގާއިމްކުރާ ޓޭންކުތަކުގެ ސަބަބުން ކަރަންޓުގެ ޑިމާންޑް އެންމެ ބޮޑުވާ ވަގުތުތަކުގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށެވެ.
ފޭސް 2 ގައި ހެދުމަށް އެއްބަސްވެވުނު މި ޓޭންކުތަކުގެ ސަބަބުން ކަރަންޓުގެ ޑިމާންޑް އެންމެ ބޮޑުވާ ވަގުތުތަކުގައި ސްޓެލްކޯގެ ކެޕޭސިޓީ އިތުރުވެ، ރައްޔިތުންނަށް އިތުރަށް އިތުބާރު ހިފޭ ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެމްޓީސީސީއިން އެކްސްގައި ކުރި ޕޯސްޓްގައި ބުނެ އެވެ.
މާލެ ސަރަޙައްދުގައި އިތުރުވަމުން އަންނަ އާބާދީއަށް، ދެމެހެއްޓެނިވިގޮތެއްގައި ހިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް، ހުޅުމާލޭގައި ވަގުތީ އިންޖީނުގެއެއް ވަނީ އަޅާފައެވެ. މި މަޝްރޫޢުގެ ދަށުން 13 ޖަނަރޭޓަރު ބަހައްޓައި، ގްރިޑަށް ޖުމްލަ 17 މެގޮވޮޓްގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރާނެ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ހެންވޭރު އަދި ހުޅުމާލެ ފެރީ ޓަރމިނަލް އާންމު ފެރީއަށް ހުޅުވާލަނީ
6 ދުވަސް ކުރިން
0
މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖޫންގައި
7 ދުވަސް ކުރިން
0
އާރުޓީއެލްގެ ނަމުގައި ސްކޭމެއް؛ އެމްޓީސީސީއާ ގުޅުމެއް ނެތް
7 ދުވަސް ކުރިން
0
ރޯދައިގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު މަދު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މާދަމާ ހެނދުނު 10:00 އަށް ޖޭއެސްސީއަށް ހާޒިރުވާން ފަނޑިޔާރު އަޒްމިރާލްދާއަށް އަންގައިފި
12 މިނެޓް ކުރިން
0
ސީއެސްސީ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަނީ
27 މިނެޓް ކުރިން
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
33 މިނެޓް ކުރިން
0
ހޯރަފުށި އުތުރު ފަރާތު ބީޗް އާދަޔާހިލާފަށް ގިރަނީ، އަވަސް ހައްލެއް ބޭނުން
2 ގަޑިއިރު ކުރިން
0