
އެމްޓީސީސީން ބުނީ، އެ ދެ ބަނދަރު ބޭނުންކުރަން ބޭނުންވާ މީހުން މި މަހުގެ 10 ގެ ކުރިން ހުށަހަޅަން އެދޭ ކަމަށެވެ. އެ ކަމަށް އެދި ހުށަހަޅަން ޖެހެނީ tsd@mtcc.com.mv އަށް އީމެއިލް ކޮށްގެންނެވެ. އަދި 7978865 އިން އިތުރު މައުލޫމާތު ސާފުކޮށްދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.މިއާއެކު ރައްރަށުން މާލެ އަންނަ ފަރާއްތަކަށް ފަސޭހަކަމާއެކު ލަފާ ފުރުމުގެ ކަންކަން ހަމަޖެހިގެންދާނެއެވެ. އަދި ފަޅު ތެރޭގައި އުޅަނދު ފަހަރު ތޮއްޖެހުން ކުޑަކުރެވިގެންދާނެެއެވެ.