
މުލީ އެއާޕޯޓް ތަރައްގީކުރުމުގެ މުޅި މަޝްރޫއުގެ %85 ވަނީ ނިމިފަ އެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ. މި އެއާޕޯޓަކީ 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭގެ އެއާޕޯޓެކެވެ.އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ ފެބްރުއަރީ 28، 2021 ގަ އެވެ. އެއީ 212 މިލިއަން ރުފިޔާއަށެވެ. މި އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށީ 2021 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.