
މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި އެތަން ހުޅުވައި ދެއްވީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދެވެ. އެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ހެލްތު މިނިސްޓަރު ގީލާ އަލީ ވެސް ބައިވެރިވަޑައިގަތެވެ.މ. މުލަކު އެފްއާރްސީއަކީ 2008 ގައި ތަރައްޤީ ކުރަން ފެށި ތަނެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެ މަޝްރޫއު މިހާތަނަށް އޮތީ އެދެވޭ ގޮތަކަށް ކުރިއަށް ނުގެންދެވި އެވެ.ސެންޓަރުގެ މަސައްކަތް އެންމެ ފަހުން ނިންމީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިންނެވެ. އެ ކުންފުނިން މަޝްރޫއާ ހަވާލުވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.