ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
މ. އަތޮޅު ރަށްތަކަށް އެމްޓީސީސީ ސްޕީޑު ފެރީ ޚިދުމަތް ފަށައިފި
އިސްމާއިލް ރިޒާ
05 ސެޕްޓެމްބަރ 2023 - 01:54
0
comments
މ. އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް މިއަދު ފެށުން--
Tweet
Telegram
މ. އަތޮޅުގައި ދެމުންދާ ފެރީ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން ސްޕީޑް ފެރީގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެމްޓީސީސީން ބުނީ މިއަދުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ސްޕީޑް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭ ކަމަށެވެ.
ރަނގަޅު ފެންވަރުގެ 45 މީހުންގެ ޖާގައިގެ މި ފެރީތައް ހަފްތާއަކު ތިން ދުވަހު ދަތުރު ކުރާނެއެވެ. އެގޮތުން ފުރަތަމަ ހިލޭ ދަތުރު ކުރާ ހަފްތާގައި 7955508 އަށް ގުޅުއްވައިގެން ޖާގަ ހަމަޖެއްސޭނެއެވެ. އަދި އޭގެ ފަހުން ފެރީ ޓިކެޓު ވިއްކާނީ އެކަމަށް ހާއްސަ ކުރެވިފައިވާ https://stl.mtcc.mv ވެބްސައިޓު މެދުވެރިކޮށެވެ. އަދި ޙިދުމަތާއި ބެހޭ އިތުރު މައުލޫމާތު 1650 އަށް ގުޅުއްވައިގެން ލިބިވަޑައިގަންނަވާނެއެވެ.
އެމްޓީސީސީން މ. އަތޮޅުގައި ސްޕީޑު ފެރީގެ ޚިދުމަތް ފެށިއިރު، މި އަތޮޅު ނިސްބަތްވާ ޒޯން 4 ގެ އާރްޓީއެލް ފެރީގެ ޚިދުމަތް ދޭން ހަމަޖެހިފައިވަނީ ޕްރޮޖެކްޓުގެ ތިންވަނަ ފިޔަވަހީގެ ތެރެއިންނެވެ. މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ވަނީ ނިންމާފައެވެ. އެމްޓީސީސީން ވަނީ މިއަންނަ އަހަރަށް މުޅި ރާއްޖެ އާރްޓީއެލް ނިޒާމުން ގުޅާލާނެ ކަމަށް ބުނެފައެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެ ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް އެމްޓީސީސީން ބުނެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
11 މިލިއަން ރުފިޔާ ހަރަދުކޮށް، އިއްޒުއްދީން ފާލަމަށް ބޮޑު ބަދަލެއް ގެންނަނީ
18 ދުވަސް ކުރިން
0
އެމްޓީސީސީއަށް ފުރަތަމަ ކުއާޓަަރުގައި 664 މިލިއަން ރުފިޔާގެ އާމްދަނީއެއް
1 މަސް ކުރިން
0
ނ، ރ، އަދި ބ އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީ
1 މަސް ކުރިން
0
އެމްޓީސީސީން ބުނި ބަސް: 2023 ވަނަ އަހަރު އަލިފުއްޓަށް ފްލައިޓް ޖައްސާނެ
ކިޔުންތެރިންގެ ޝުއޫރު
33%
33%
33%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޕަބްލިކް ސްޕީކިން ރަނގަޅު ކުރަން މިދަނީ މަސައްކަތް ކުރަމުން :ފައިސަލް
4 ގަޑިއިރު ކުރިން
0
ފާރު ވެއްޓި އަނިޔާވި ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް
6 ގަޑިއިރު ކުރިން
0
އޮންލައިންކޮށް ވިސާގެ ބައެއް ހިދުމަތްތައް ލިބޭ ގޮތަށް ހަމަޖައްސައިފި
6 ގަޑިއިރު ކުރިން
0
ކުރެންދޫ ދާއިރާގެ އިންތިހާބީ މެންބަރު ޕީއެންސީ އަށް
26 މިނެޓް ކުރިން
0