ވިޔަފާރި
އެމްޓީސީސީއަށް ފުރަތަމަ ކުއާޓަަރުގައި 664 މިލިއަން ރުފިޔާގެ އާމްދަނީއެއް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 664.44 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.  

އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވާ އާމްދަނީއަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު ދަށް އަދަދެކެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 789.22 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 664.44 މިލިއަން ރުފިޔާއެވެ. އަދި ފައިދާގެ ގޮތުގައި ލިބިފައިވަނީ 5.24 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި:


 - ހިންގުމުގެ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 41.77 މިލިއަން ރުފިޔާ
 - މި މުއްދަތުގެ ތެރޭގައި ޓެކްސްއަށް ކެނޑުމަށްފަހު އެމްޓީސީސީއަށް ލިބިފައިވާ ސާފު ފައިދާއަކީ 6.17 މިލިއަން ރުފިޔާ
 - މިއީ މި މުއްދަތުގައި ލިބޭނެކަމަށް އެ ކުންފުނިން އަންދާޒާކޮށްފައިވާ އަދަދަށްވުރެ ދަށް އަދަދެއް

ފުރަތަމަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ސަބަބެއްކަމަށް އެމްޓީސީސީން ބުނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުންކަމަށެވެ. ހާއްސަކޮށް ތެލުގެ އަގު އުފުލުމާއި، ބޭރުފައިސާ ހޯދުމަށް ކުންފުނިން ކުރަންޖެހުނު ޚަރަދު އިތުރުވުމާއި ގުޅިގެން ކުންފުނީގެ ސަޕްލައިޗޭނަށް ދިމާވި ނޭދެވޭ އަސަރުގެ ސަބަބުން އާމްދަނީ މަދުވެފައިވާކަން ކުންފުނިން ފާހަގަކުރެއެވެ. ނަމަވެސް މިކަމަށް ކުންފުނީގެ މެނޭޖްމަންޓުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިކަން ވަނީ ފާހަގަކޮށްފައެވެ.

އެމްޓީސީސީ އިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކި މަރުހަލާތަކުގައި 196 މަޝްރޫއެއްގެ މަސައްކަތް ކުރި އެވެ. ފުރަތަމަ ކުއާޓަރުގައި ތިން މަޝްރޫއެއް ނިންމާލިއިރު އަށް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށާފައިވެ އެވެ. އަދި އާ ހަ މަޝްރޫއެއްގެ މަސައްކަތް ކުންފުންޏާ ހަވާލުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު