
ރަނގަޅު ފެންވަރުގެ 45 މީހުންގެ ޖާގައިގެ މި ފެރީތައް ހަފްތާއަކު ތިން ދުވަހު ދަތުރު ކުރާނެއެވެ. އެގޮތުން ފުރަތަމަ ހިލޭ ދަތުރު ކުރާ ހަފްތާގައި 7955508 އަށް ގުޅުއްވައިގެން ޖާގަ ހަމަޖެއްސޭނެއެވެ. އަދި އޭގެ ފަހުން ފެރީ ޓިކެޓު ވިއްކާނީ އެކަމަށް ހާއްސަ ކުރެވިފައިވާ https://stl.mtcc.mv ވެބްސައިޓު މެދުވެރިކޮށެވެ. އަދި ޙިދުމަތާއި ބެހޭ އިތުރު މައުލޫމާތު 1650 އަށް ގުޅުއްވައިގެން ލިބިވަޑައިގަންނަވާނެއެވެ.އެމްޓީސީސީން މ. އަތޮޅުގައި ސްޕީޑު ފެރީގެ ޚިދުމަތް ފެށިއިރު، މި އަތޮޅު ނިސްބަތްވާ ޒޯން 4 ގެ އާރްޓީއެލް ފެރީގެ ޚިދުމަތް ދޭން ހަމަޖެހިފައިވަނީ ޕްރޮޖެކްޓުގެ ތިންވަނަ ފިޔަވަހީގެ ތެރެއިންނެވެ. މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ވަނީ ނިންމާފައެވެ. އެމްޓީސީސީން ވަނީ މިއަންނަ އަހަރަށް މުޅި ރާއްޖެ އާރްޓީއެލް ނިޒާމުން ގުޅާލާނެ ކަމަށް ބުނެފައެވެ.ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެ ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް އެމްޓީސީސީން ބުނެއެވެ.