ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އާރުޓީއެލްގެ ނަމުގައި ސްކޭމެއް؛ އެމްޓީސީސީއާ ގުޅުމެއް ނެތް
އައިމިނަތު ޝިޔާޒާ
03 މާޗް 2025 - 13:54
0
comments
Tweet
Telegram
އާރުޓީއެލުން ހިލޭ ދަތުރުކުރެވޭ "ސްމާޓް ކާޑެއް" ވިއްކާ ކަމަށް ބުނެ ފޭސްބުކް ޕޭޖެއް މެދުވެރިކޮށް ސްކޭމެއް ހިންގާތީ ސަމާލުވާން އެމްޓީސީސީން މިއަދު އިލްތިމާސްކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އެ ސްކޭމް ހިންގަނީ ފޭސްބުކްގައި "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ގެ ނަމުގައި ހިންގަމުން އަންނަ ޕޭޖެއް މެދުވެރިކޮށެވެ. އެގޮތުން އްރުޓީއެލުން ހިލޭ ދަތުރު ކުރެވޭ ސްމާޓް ކާޑެއް ވިއްކާ ކަމަށް ބުނެފައިވެ އެވެ.
އާރްޓީއެލްގެ ދަށުން އަންނަނީ ފެރީ އާއި ބަހުގެ ހިދުމަތް ދެމުންނެވެ.
ސްކޭމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ޕޭޖުން ދަނީ އާރުޓީއެލް މެދުވެރިކޮށް ތިން މަސް ދުވަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ ސްމާޓް ކާޑެއް ވިއްކުމުގެ މަސައްކަތްކުރަމުން ކަމަށެވެ. ނަމަވެސް އެ ޕޭޖުގައި ހިންގަމުން ގެންދާ އެއްވެސް މުއާމަލާތަކީ އެމްޓީސީސީ އާއި އާރުޓީއެލްއާ ވެސް ގުޅުމެއް ނެތް ކަމެއް ކަމަށް ބުންޏެވެ.
"ސްމާޓް ކާޑު" ބޭނުންކޮށްގެން އެމްޓީސީސީގެ އާރުޓީއެލް ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުނެ އެ ޕޭޖުގައި ދައުރު ކުރަމުންދަނީ ހަގީގަތެއް ނެތް މައުލޫމާތު ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މިފަދަ ސްކޭމުތަކާ މެދު ސަމާލުވުމަށް އެމްޓީސީސީން ވަނީ ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފަ އެވެ.
އެ ކުންފުނިން ބުނީ ކަސްޓަމަރުންނާ ގުޅުން ހުރި އެއްވެސް ޕްރޮމޯޝަނެއް ފަށާ ނަމަ ނުވަތަ ކުރިއަށް ގެންދާ ނަމަ އެ މައުލޫމާތު ހިއްސާކުރާނީ އެމްޓީސީސީގެ ރަސްމީ އެކައުންޓުތަކުގައި ކަމަށެވެ.
ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެމްޓީސީސީގެ އާރުޓީއެލް ނެޓްވޯކުގެ ދަށުން މާލެ އާއި ބައެއް ރަށްރަށުގައި ބަހުގެ ހިދުމަތް ދެ އެވެ. އަދި ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ސްޕީޑް ފެރީގެ ހިދުމަތް ދެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ދުވަސް ކުރިން
0
ރޯދަ މަހު ބަހާއި ފެރީ ދަތުރުތައް ބާއްވާ ގަޑިތަކަށް ބަދަލެއްް
15 ދުވަސް ކުރިން
0
އެމްޓީސީސީގެ ސީއޯއޯއަކަށް ސިނާން
16 ދުވަސް ކުރިން
0
އެމްޓީސީސީއަށް މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިއްޖެ
19 ދުވަސް ކުރިން
0
މާލެ ސަރަހައްދުގައި އިލެކްޓްރިކް ވެހިކަލް ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓާލީ އެ މަގާމުން ވަކިކޮށްފި
2 މިނެޓް ކުރިން
0
މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ
6 ގަޑިއިރު ކުރިން
0
ރަޝިޔާގެ ނޮން-ރެޒިޑެންޓް ސަފީރަކަށް އަބްދުއްރަހީމް، މޮރޮކޯއަށް ސަރީރު އައްޔަނުކުރަން ރުހުންދީފި
6 ގަޑިއިރު ކުރިން
0
ބީއެމްއެލް އެޕާއި ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު
6 ގަޑިއިރު ކުރިން
0