ޚަބަރު
ރަޝިޔާގެ ނޮން-ރެޒިޑެންޓް ސަފީރަކަށް އަބްދުއްރަހީމް، މޮރޮކޯއަށް ސަރީރު އައްޔަނުކުރަން ރުހުންދީފި
ރާއްޖެއިން ދެ ގައުމަކަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

އެ މަގާމުތަކަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ރައްޔިތުންގެ މަޖިލީހުގައި އިއްވާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

އެ ގޮތުން ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރަން ހުށަހެޅުއްވީ ރަޝިއާ އާއި މޮރޮކޯ އަަށެވެ.

ރަޝިއާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް މިހާރު ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގ.ކަނޑިތޮޅިއާގެ، ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އިއްތިފާގުންނެވެ.

މޮރޮކޯގެ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަނުކުރަން، ރައީސް މުއިއްޒު ހުށަހަޅުއްވާފައިވަނީ، ސައުދީ އަރަބިއްޔާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަހުމަދު ސަރީރު އެވެ. 

އެ ދެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް، ނިންމާފައިވަނީ، އެ ދެ ބޭފުޅުންނަކީ ވެސް ސަފީރުކަމަށް މަޖިލީހުން ރުހުންދީފައިވާ ބޭފުޅުން ކަމަށްވާތީ، އިތުރު މަސްއޫލިއްޔަތަކާ ހަވާލުވެވަޑައިގެންނެވުމުގެ ގާބިލުކަން ލިބިވަޑައިގަންނަވާކަމަށް ގަބޫލުކުރެވޭތީ، އެ ދެ ބޭފުޅުންނަށް ވެސް ރުހުންދޭން ފެންނަ ކަމަށެވެ.

މޮރޮކޯގެ ނޮން-ރެޒިޑެންޓް ސަފީރަކަށް ސަރީރަށް ރުހުންދީފައިވަނީ 64 މެމްބަރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު