ވިޔަފާރި
ރޯދަ މަހު ބަހާއި ފެރީ ދަތުރުތައް ބާއްވާ ގަޑިތަކަށް ބަދަލެއްް
ގްރޭޓާ މާލެ ސަރަހައްދުގައި ރޯދަ މަހު ބަހުގެ ހިދުމަތް ފަށާނީ ހެނދުނު 7:00 ގައި ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ވަނީ ކުރިޔަށް އޮތް ރޯދަމަހު ބަހާއި ފެރީތައް ދަތުރުކުރާ ގޮތުގެ ތާވަލް ނެރެފައެވެ.

ރަމަޟާން މަހުގެ ފެރީ އަދި ބަސް ދަތުރުތަކުގެ ތާވަލު ލިންކު: https://t.co/739eTK2dmg

އެމްޓީސީސީން ބުނީ, ރޯދަމަހު މާލެ ސަރަޙައްދާއި، މާލެއިން ހުޅުމާލެ ފިޔަވަހި-1 އަަށް އަދި ހުޅުމާލެ ފިޔަވަހި-2 އަކަށް ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު ހަތެއް ޖަހާއިރު ކަމަށެވެ. އަދި ރޯދަ ވީއްލާ ވަގުތަށް، ހަވީރު ފަހެއް ޖަހާއިރު މެދުކަނޑާލާނެކަމަށެވެ. އެއަށްފަހު ދަތުރުތައް ފަށާނީ ރޭގަނޑު 19:20 ގައި ކަމަށާއި އެ ދަތުރުތައް 12:00 އާއީ ހަމައަށް ކުރިޔަށް ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މާލެ ތެރޭގައި ފޯރުކޮށްދޭ ބަހުގެ ޚިދުމަތަށް ބަލާއިރު، އޮކިޑް، އަމީނީ އަދި ސޯސަން ރޫޓުގެ ދަތުރުތައް ވެސް ހަމަ ފަށާނީ ހެނދުނު ހަތެއް ޖަހާއިރު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން:

  • ރޯދަ ވީއްލާ ވަގުތަށް 18:00 ޚިދުމަތް މެދުކަނޑާލާނެ
  • އޭގެ ފަހުން ދަތުރުތައް ފަށާނީ 21:00 ޖަހާއިރު
  • އެ ރޫޓުތަކުގެ ދަތުރުތައް ރޭގަނޑު 12:00 އާ ހަމައަށް ކުރިޔަށް ދާނެ
އެމްޓީސީީސީ ފެރީގެ ޚިދުމަތް 20 އަތޮޅެއްގައި ދޭއިރު، ދަތުރުތައް ހުންނާނީ ވީހާ ވެސް ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނިން އަތޮޅު ތެރޭގައި ފޯރުކޮށްދޭ ފެރީގެ ހިދުމަތް ވީހާވެސް ބޮޑަށް ރައްޔިތުންނަށް ލުއި ފަސޭހަ ވާނޭ ގޮތަށް ރޯދަ މަހުގެ ދަތުރުތައް ރާވާފައިވާ ކަމަށެވެ.

މި ގޮތުން ރޯދަމަހާއި ގުޅިގެން އާރްޓީއެލް ފެރީ ދަތުރުތަކުގެ ކޮންމެ ރޫޓެއްގެވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިން ނިމޭ ގޮތަށް ތާވަލުކޮށްފައިވާ ކަމަށް އެ ކުންފުނިން އިން ވަނީ ބުނެފަ އެވެ. އަދި ރޯދަ މަހުގެ ހުކުރު ދުވަހު އާރްޓީއެލް ފެރީ ދަތުރުތައް ނުބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު