ވިޔަފާރި
ބީއެމްއެލް ރަން ފުރުސަތުގައި އެސްޓީއޯއިން ވިޔަފާރި ކުރެވޭނެ
ބެންކް އޮފް މޯލްޑިވްސްއިން އެސްޓީއޯއާ ގުޅިގެން "ރަން ފުރުސަތު" ޕްރޮމޯޝަން އިއުލާނުކޮށްފި އެވެ.

ބީއެމްއެލް އިން ކުރިއަށް ގެންދާ 'ރަން ފުރުސަތު' ރޯދަ ޕްރޮމޯޝަނުގެ ދަށުން ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ވެސް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާ އަންނަ ހުކުރު ދުވަހު ނިމޭއިރު، އެސްޓީއޯ އިން ވިޔަފާރިކޮށް ފައިސާ ދެއްކުމަށް ބީއެމްއެލް ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން:

  • ނަސީބުވެރި ދެ ފަރާތަކަށް އެސްޓީއޯ އިން ދޭ 5،000ރ.ގެ ގިފްޓު ވައުޗަރެއް ލިބޭނެ

  • މީގެ އިތުރުން، އަންނަ މަހުގެ 1 އިން އޭޕްރީލް 7އަށް އެސްޓީއޯ އިން ވިޔަފާރިކޮށްގެން ކޮންމެ ދުވަހަކު 2،000ރ.ގެ ބީއެމްއެލް ގިފްޓު ކާޑެއް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 300ރ. އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށެވެ.

"ރަން ފުރުސަތު" ޕްރޮމޯޝަނުގެ އިތުރުން އެސްޓީއޯގެ ފިހާރަތަކުގައި "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ވެސް ދަނީ ކުރިއަށެވެ. އެ ޕްރޮމޯޝަނުގެ ދަށުން އެކި ޕްރޮޑަކްޓުތަކުން ބޮޑެތި ޑިސްކައުންޓުތަކެއް ލިބެ އެވެ. އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް މިއަހަރު ހުށަހަޅާފައިވަނީ އެއްލައްކަ ރުފިޔާ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު