ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވެއްޖެ
ހުމާ ނަސީމް
26 ފެބުރުއަރީ 2025 - 21:16
0
comments
އޮޅުހިޔާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ: މިނިސްޓްރީ
Tweet
Telegram
މާލޭގައި އުޅޭ ބުޅާތައް ގެންދިއުމަށް ހަދާފައިވާ ކެޓް ޝެލްޓަރު، "އޮޅުހިޔާ" ފެސިލިޓީގެ ހުރިހައި ލިޔެކިޔުންތަކާއި ލީގަލް އެސެޓް ޓްރާންސްފާގެ މަސައްކަތް ނިންމުމަށްފަހު އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ރަސްމީކޮށް އެ ތަނާ މިއަދު ހަވާލުވެއްޖެ އެވެ.
އެތަން ހިންގުން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމައި، އެކަން މާލޭ ސިޓީ ކައުންސިލަށް އެންގީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. އެކަމަކު އެތަނަކީ ސިޓީ ކައުންސިލުގެ ބަޖެޓުން ހަރަދު ކޮށްގެން ހެދި ތަނެކެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނީ، އޮޅުހިޔާ ފެސިލިޓީގެ ހުރިހާ ރަސްމީ ލިޔެކިއުންތަކާއި ލީގަލް އެސެޓްސް އެ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް ނިމުމަށްފަހު، މިއަދު އެ ތަނާ ރަސްމީކޮށް މިނިސްޓްރީން ހަވާލުވެފައިވާ ކަމަށެވެ.
މަގުތަކުގައި އުޅޭ ބުޅާތައް "އޮޅުހިޔާ"އަށް ބަދަލުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފެށުމުން އެނިމަލް ވެލްފެއާ މިނިސްޓްރީން އޭރު ވަނީ އެ ފެސިލިޓީގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަ ނުވާ ކަމަށް ބުނެފަ އެވެ. އަދި އެ މަސައްކަތް ވަގުތުން ހުއްޓުވަން ވެސް އެންގި އެވެ.
މިނިސްޓްރީން އެ ފެސިލިޓީއާ ހަވާލުވެފައި މި ވަނީ އެތަން މިނިސްޓްރީއަށް ދޭން ސިޓީ ކައުންސިލުން އެއްބަސްވިތާ ތިން މަސްދުވަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
މާލޭގެ އެކި ސަރައްހައްދުތަކުގައި ބުޅާ ގިނަވެފައިވާއިރު އޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ދައްޗާ ކުރިމަތިވެ އެވެ.
އެ ގޮތުން ފަރުކޮޅުފުށީގައި ކެޓް ޝެލްޓާ ގާއިމުކޮށްފައި އެ ވަނީ އެޗްޑީސީއިން ކައުންސިލަށް ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
0
އާރުޓީއެލް ފެރީގެ 21 ފެރީ ސްޓޮޕް ޕަބްލިކް ވޯކްސްއާ ހަވާލުކޮށްފި
11 ދުވަސް ކުރިން
0
މަގުތަކަށް ދޫކޮށްލާފައި ހުރި 235 ވެހިކަލެއް ޓޯ ކޮށްފި
11 ދުވަސް ކުރިން
0
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ
20 ދުވަސް ކުރިން
0
ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން އަޅާފައިވާ ދޯނިތައް ނަގަން އަންގައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިއީ ޣައިރު ގާނޫނީ ދައުލަތެއް: ފައްޔާޒު
4 ގަޑިއިރު ކުރިން
0
ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވެއްޖެ
4 ގަޑިއިރު ކުރިން
0
އާރުޓީއެލް ފެރީގެ 21 ފެރީ ސްޓޮޕް ޕަބްލިކް ވޯކްސްއާ ހަވާލުކޮށްފި
4 ގަޑިއިރު ކުރިން
0
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން: ޖޭއެސްސީ
7 ގަޑިއިރު ކުރިން
0