ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން އަޅާފައިވާ ދޯނިތައް ނަގަން އަންގައިފި
އައިމިނަތު ޝިޔާޒާ
06 ފެބުރުއަރީ 2025 - 21:48
0
comments
މާލޭ އުތުރު ފަރާތު މަސްމާރުކޭޓް ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކެއް - ފޮޓޯ: އަވަސް
Tweet
Telegram
މާލޭ އުތުރު ފަރާތު މަސްމާރުކޭޓް ސަރަހައްދުގެ ފަޅުތެރޭގައި ދަތުރުނުކޮށް، ކުށުގެ ވެއްޓަށް މަގުފައިވާ ގޮތަށް އަޅާފައި އޮންނަތާ ގިނަ ދުވަސްވެފައިވާ އުޅަނދުތައް އެތަނުން ނެގުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.
އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެއީ މާލެ އާއި ވިލިމާލޭގެ ފަޅު ބެލެހެއްޓުމާ ބެހޭ ގަވާއިދާއި ހިލާފަށް، ބަލަހައްޓާނެ ޒިންމާދާރު ފަރާތެއް ނެތި އަޅާފައިވާ އުޅަނދުތަކެއް ކަމަށެވެ.
އެއްގޮތަކަށް ވެސް ދަތުރުނުކޮށް، ގިނަ ދުވަސްތަކެއް ވަންދެން ފަޅުތެރޭގެ އެކިސަރަހައްދުތަކުގައި އަޅާފައިވާ، ރަޖިސްޓަރީ ނަމްބަރު ވެސް ނުޖަހާ ހުރި އެ އުޅަނދުފަހަރުގެ ސަބަބުން، ފަޅުގެ ގަވާއިދާ އެއްގޮތަށް ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ މަސްވެރިންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
ނަގަން އިއުލާން ކުރި އުޅަނދުތައް:
1. މުނިޔާ.
2. އުންމީދު.
3. ނަން ނުޖަހައި ރަޖިސްޓަރީ ނަމްބަރު ވެސް ނެތް ދެ އުޅަނދު.
އިއުލާންގައި ވަނީ ފަޅުން ނެގުމަށް އަންގާފައިވާ އުޅަނދުތަކުގެ ވެރިފަރާތްތަކުން އެއީ އެ މީހުންގެ އުޅަނދެއްކަން އެނގޭ ގޮތަށް ކަމާ ގުޅޭ ލިޔުންތަކާ އެކު ކައުންސިލަށް ހާޒިރުވެ އެކަން އެންގުމަށްފަހު އަންނަ ހޯމަ ދުވަހުގެ ކުރިން އެ އުޅަނދުތައް ނެގުމަށްވެސް އަންގާފަ އެވެ.
ކައުންސިލުން ދީފައިވާ މުއްދަތުގައި އެ އުޅަނދުތައް ނުނަގައިފިނަމަ ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދަކަށް އެ އުޅަނދުތައް ގެންދިއުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އިއުލާންގައިވެ އެވެ.
އުޅަނދުފަހަރު ނެގުމާއި އުޅަނދުތައް ގެންދިއުމުގެ ތެރޭގަ އާއި ގެންގޮސް ބޭއްވުމަށްފަހު އުޅަނދާއި އޭގައިވާ ތަކެއްޗަށް ލިބޭ ގެއްލުމަށް ކައުންސިލުން ޒިންމާއެއް ނުވާނެ ކަމަށްވެސް އިއުލާންގައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
25 ދުވަސް ކުރިން
0
ވިއްސާރައަށް ތައްޔާރުވާން ކާރިސާ ކޮމިޓީއެއް އުފައްދައިފި
26 ދުވަސް ކުރިން
0
މާފަންނުން ފެން ހިންދާ ޕަމްޕް މިވަގުތަށް ބޭނުން ކުރެވޭ ގޮތް ހަދައިފި
26 ދުވަސް ކުރިން
0
މާލޭގެ ގެއެއްގައި ރެނދުލުމުން މީހުން ހުސްކޮށްފި
1 މަސް ކުރިން
0
ފެން ހިންދާ ނިމެންދެން ބަރު އުޅަނދު ނުދުއްވަން އެދިއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މީކާއިލާ ގުޅޭ ޕޯސްޓެއް އެޑިއުކޭޝަނުން އަންގައިގެން ޑިލީޓްކުރި މައްސަލައެއް ފެންމަތިވެއްޖެ
4 ގަޑިއިރު ކުރިން
0
ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން އަޅާފައިވާ ދޯނިތައް ނަގަން އަންގައިފި
4 ގަޑިއިރު ކުރިން
0
މޯލްޑިވިއަނުން އިތުރު ވައިޑް ބޮޑީ ބޯޓެއް ހޯދަން އިއުލާންކޮށްފި
4 ގަޑިއިރު ކުރިން
0
ރިޔާސީ ބަޔާން: 6،000 ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްފި
5 ގަޑިއިރު ކުރިން
0