ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ
އައިމިނަތު ޝިޔާޒާ
15 ފެބުރުއަރީ 2025 - 14:04
0
comments
Tweet
Telegram
ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސަލްޓަލް ޕާކު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ސަލްޓަން ޕާކު މަރާމާތު ކުރުމަށް ބިޑު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނާ ގޮތުގައި، ޕާކުތަކާއި މައިޒާންތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވިޔަސް ރަސްފަންނު މަރާމާތު ކުރަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފަ އެވެ. އެތަނުގައި ހިންގާ ކިއޮސްކަކީ، އެ ސަރަހައްދު މަރާމާތު ކުރާތީ އޭގެ ބަދަލުގައި އެމްޓީސީސީ އަށް ދީފައިވާ ތަނެކެވެ.
ކައުންސިލުން ބުނީ މަރާމާތު ކުރުމުގެ ބަދަލުގައި އެ ތަނުގައި ޖެހޭނީ އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރަން ކަމަށާއި އެކަމަކު އެކަން ކުރާނެ ބަޖެޓެއް ސިޓީ ކައުންސިލްގައި ނެތް ކަމަށެވެ.
އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން މި އިއުލާންކުރީ، ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި އެ ތަންތަނުގެ ރީތިކަން އަނބުރާ ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސަލްޓަން ޕާކާއި ރަސްފަންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރުގެ ހައުސިން މިނިސްޓަރުގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ހުންނަވައިގެން ތަރައްގީކޮށްފައިވާ ތަންތަނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ގަޑިއިރު ކުރިން
0
ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވެއްޖެ
7 ގަޑިއިރު ކުރިން
0
އާރުޓީއެލް ފެރީގެ 21 ފެރީ ސްޓޮޕް ޕަބްލިކް ވޯކްސްއާ ހަވާލުކޮށްފި
11 ދުވަސް ކުރިން
0
މަގުތަކަށް ދޫކޮށްލާފައި ހުރި 235 ވެހިކަލެއް ޓޯ ކޮށްފި
20 ދުވަސް ކުރިން
0
ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން އަޅާފައިވާ ދޯނިތައް ނަގަން އަންގައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިއީ ޣައިރު ގާނޫނީ ދައުލަތެއް: ފައްޔާޒު
7 ގަޑިއިރު ކުރިން
0
ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވެއްޖެ
7 ގަޑިއިރު ކުރިން
0
އާރުޓީއެލް ފެރީގެ 21 ފެރީ ސްޓޮޕް ޕަބްލިކް ވޯކްސްއާ ހަވާލުކޮށްފި
7 ގަޑިއިރު ކުރިން
0
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން: ޖޭއެސްސީ
10 ގަޑިއިރު ކުރިން
0