ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އާރުޓީއެލް ފެރީގެ 21 ފެރީ ސްޓޮޕް ޕަބްލިކް ވޯކްސްއާ ހަވާލުކޮށްފި
އައިމިނަތު ޝިޔާޒާ
26 ފެބުރުއަރީ 2025 - 21:04
0
comments
Tweet
Telegram
ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ހިންގާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފެރީ ސްޓޮޕްތަކާއި ޓާމިނަލްތައް ޓްރާންސްޕޯޓް މިނިސްޓްރީން ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުމުގެ ދަށުން، ލޯކަލް ގަވަމެންޓް މިނިސްޓްރީން ކައުންސިލްތަކާ ހަވާލުކުރަނީ ހއ، ހދ. އަދި ށ. އަތޮޅުގައި މިހާތަނަށް ތައްޔާރުކޮށްފައި ހުރި ހުރިހާ ފެރީ ސްޓޮޕެކެވެ.
އެ ފެރީ ސްޓޮޕްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ލޯކަލް ގަވަމެންޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ފެރީތައް ހިންގާ އެމްޓީސީސީންނެވެ. އެގޮތުން ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތިމަތު މުނާއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މަރިޔަމް ޝަހާނާ ކަމަށްވާއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އަލީ ފާތިހެވެ.
އެ ފެރީ ސްޓޮޕްތައް ހަވާލުކުރުމުގެ ލިޔުން، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންވަނީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފާ ހަވާލުކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ފެރީ ސްޓޮޕްތައް ހިންގުމަކީ ބުރަ ކަމަކަށްވީ ނަމަވެސް އެ މަސައްކަތްތައް ކައުންސިލްތަކުން ވަރަށް ރަނގަޅަށް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
މިނިސްޓަރުު އަމީން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފެރީ ސްޓޮޕްތައް ހަވާލުކުރުމާ ގުޅުވައި ދިވެހިންނަށް "އުފާ ފާގަތިކަމާއި ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ފޮނިމީރުކަން" ހޯދައިދެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ދުވަސް ކުރިން
0
ދަތުރުފަތުރުގެ ހާދިސާތައް ތަހުގީގު ކުރަން ބޯޑެއް
18 ދުވަސް ކުރިން
0
މާލެ ސިޓީ ކައުންސިލަށް ގޮސް ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅޭ ގޮތް ހަދައިފި
20 ދުވަސް ކުރިން
0
މިއަދު ހަވީރަކީ ހިނގާފައި އުޅޭ ވަގުތެއް، ވެހިކަލް ދުއްވުން މަނާ
1 މަސް ކުރިން
0
ހަތަރު މިލިއަން ރުފިޔާއަށް ކާނިވާ ސްޓޭޖު ތަރައްގީކުރުމުން ހުންނާނެ ގޮތުގެ ފޮޓޯ ދައްކާލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ފަރުވާ ދެނީ
10 ގަޑިއިރު ކުރިން
0
ޑްރަގާއެކު އެއްމާބަނޑު ދެބެން ހައްޔަރުކޮށްފި
10 ގަޑިއިރު ކުރިން
0
ޔާމީންއަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް މި މަހު 28 އަށް ޝެޑިއުލްކޮށްފި
10 ގަޑިއިރު ކުރިން
0
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަނީ..!
18 ގަޑިއިރު ކުރިން
0