ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދަތުރުފަތުރުގެ ހާދިސާތައް ތަހުގީގު ކުރަން ބޯޑެއް
ހަސަން ހަލީމް
09 އޭޕްރީލް 2025 - 18:33
0
comments
Tweet
Telegram
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" އުފައްދަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުގެ ނަމުގައި ރައީސް އިއްޔެ އިދާރާއެއް އުފައްދަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ގާއިމުކުރީ، ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހުގީގުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ރައީސަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
އެ ބޯޑު ހިންގާނީ ޓްރާންްސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ދަށުންނެވެ.
ވައިގެ އުދުހުންތަކުގައި ހިނގާ ހާދިސާތައް މިހާރު ތަހުގީގު ކުރަނީ ސިވިލް އޭވިޝަން އޮތޯރިޓީންނެވެ. ކަނޑުދަތުރުތަކާ ގުޅޭ މައްސަލަތައް ބަލަނީ މިނިސްޓްރީންނެވެ.
ރައީސް އޮފީހުން ބުނީ، ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީތަކުގައި ނަންބަރު ޖެހުމުގައި މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަށް ލިޔާ ސިޓީތަކުގައި ޖަހާނެ ނަންބަރަކީ 501 ކަމަށެވެ.
މަގުމަތީ އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ ގެއްލުމާއި ނުކުޅެދުންތެރިކަން ހުންނަ ހާލަތަށް ދިއުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. ޚާއްސަކޮށް މާލެއާއި ބޮޑެތި ރަށްތަކުގައި ހިނގާ އެކްސިޑެންޓްތައް ގިނަވެފައި ނުރައްކަލެވެ.
ކަނޑުމަތީގައި ހިތާމަވެރި ހާދިސާތައް ހިނގުމަކީ ވެސް ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. މިފަދަ ހާދިސާތަކުގައި ވެސް އެތައް ބައެއްގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ.
ރާއްޖޭގައި އެންމެ ރައްކާތެރި ދަތުރުފަތުރުގެ ނިޒާމަކީ ވައިގެ ދަތުރުފަތުރުތަކެވެ. ރަނގަޅު އުސޫލުތަކެއްގެ ތެރެއިން އެ ދާއިރާ ހިންގާތީ އެކްސިޑެންޓްތައް ހިނގުމަކީ ވަރަށް ނުވާ ކަމެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ގަޑިއިރު ކުރިން
0
މިނިސްޓަރު އަމީން ގަތަރަށް ވަޑައިގެންފި
3 ދުވަސް ކުރިން
0
60 އަހަރުގެ މީހުންނަށް ކާރު ނުދުއްވޭގޮތަށް ވަކި ލައިސަންސެއް ނަގަންޖެހޭގޮތް ހަދައިިފި
24 ދުވަސް ކުރިން
0
ފަޅުގައި ދޯނި އޮންނައިރު ފަޅުވެރިން ތިބެން އަންގައިފި
2 މަސް ކުރިން
0
އާރުޓީއެލް ފެރީގެ 21 ފެރީ ސްޓޮޕް ޕަބްލިކް ވޯކްސްއާ ހަވާލުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މީހެއްގެ ގަޔަށް ކުލަ ފާޓާ އެޅި މައްސަލަ ފުލުހުން ބަލަނީ
6 ގަޑިއިރު ކުރިން
0
މަންދީއާއި ފައްޔާޒަށް ދައުވާ ކުރަން ފެމިލީ ކޯޓަށް ހުށަހަޅައިފި
7 ގަޑިއިރު ކުރިން
0
ކުރުސީއަކީ ކުރީގެ ސިޔާސީ އިސް ލީޑަރެއް ކަމަށް ރަޝިއާއިން ބުނެފި
7 ގަޑިއިރު ކުރިން
0
މައުމޫންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި، އެއީ ކީއްވެގެން ކަމެއް، ހުކުމަކުން ނޭނގެ
9 ގަޑިއިރު ކުރިން
0