މިނިސްޓަރު އަމީން ގަތަރަށް ވަޑައިގެންފި
މަރިޔަމް އަނާ
16 އޭޕްރީލް 2025 - 12:05
0 comments
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން
ރަސްމީ ދަތުރެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ޤަތަރަށް މިއަދު ފުރާވަޑައިގެންފި އެވެ.
މިނިސްޓަރުގެ މި ދަތުރަކީ ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމިއްޔާ (އައިކާއޯ) އިން އިންތިޒާމު ކުރާ ފެސިލިޓޭޝަން ކޮންފަރެންސްގައި ކުރިއަށްދާ ވަޒީރުން ފެންވަރުގެ ބޭފުޅުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ކޮންފަރެންސް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. މި ކޮންފަރެންސްގެ މައިގަނޑު މަގުޞަދަކީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އެންމެ ރަނގަޅު ފެންވަރެއްގައި އެއް ހަމައަކުން ފޯރުކޮށްދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމާއި، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައެޅުމަށް މަގުފަހިކުރާނެ ނިންމުންތަކަކަށް ވާސިލްވުމެވެ.ޤަރާރުގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ އިތުރުން ދަތުރުވެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅާނެ އެވެ.
ކިޔުންތެރިންގެ ޝުއޫރު