ޚަބަރު
ފަޅުގައި ދޯނި އޮންނައިރު ފަޅުވެރިން ތިބެން އަންގައިފި
ފަޅުގައި ނުވަތަ އެހެން ތަނެއްގައި އޮޑިދޯނިފަހަރު އަޅާފައި އޮންނައިރު ވެސް އެ އުޅަނދެއް ބަލަހައްޓަން އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުން ޓްރާންސްޕޯޓު މިނިސްޓްރީން ލާޒިމުކޮށްފި އެވެ.

އެ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނީ އުޅަނދުގައި ފަޅުވެރިން ނެތި ދޫކޮށްލާފައި ހުއްޓާ އެކި ކަހަލަ ހިތާމަވެރި ހާދިސާތައް ހިނގާކަން ފާހަގަވެފައިވާ ކަމަށެވެ. 

އެހެންކަމުން، ފަޅުތެރޭގައި ވިޔަސް އަދި ކަނޑުމަތީގައި ވިޔަސް ކަނޑުއުޅަނދެއްގައި މީހަކު ނެތި ބޭއްވުން މަނާކޮށް، އެގޮތަށް އަމަލު ކުރާ މީހުންނާ މެދު "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.

ކަނޑު އުޅަނދުފަހަރު އަޅާފައި އޮންނައިރު، އެ ދޯނިފަހަރުގައި މީހުން ތިބުމަކީ މީގެ ކުރިން ލާޒިމު ކަމެއް ނޫނެވެ. މި ނިންމުމާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަނދަރު ކޮށްފައި އޮންނަ އޮޑިދޯނިފަހަރުގައި އަބަދުވެސް މީހުން ތިބެން ޖެހޭނެ އެވެ،

މިގޮތަށް ނަގިލި ލާފައި އުޅަނދު ބެލެހެއްޓުމަށް ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތް ނަމަ، އެ އުޅަނދުގެ ވެރިފަރާތް 'ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު'ގެ ދަށުން 1،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު