ޚަބަރު
އުޅަނދުތަކުގެ އަހަރީ ފީ އާއި ޖޫރިމަނާ ބަހައިލައިގެން ދެއްކެމުގެ ގަވާއިދެއް އެކުލަވާލައިފި
އެއްގަމު އުޅަނދާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުން ކޮންމެ އަހަރަކު އެއްފަހަރު ދައްކަންޖެހޭ އަހަރީފީ އާއި ޖޫރިމަނާގެ ފައިސާގެ ތެރެއިން ދައުލަތަށް ދައްކަން ޖެހި، އެކަމަކު ނުދެއްކި ހުރި ފައިސާ ބަހާލައިގެން ދެއްކޭނެ ގޮތް ހެދުމަށް ގަވާއިދެއް ހަދައި ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފި އެވެ.

އެ ގަވާއިދުގެ މަގްސަދަކީ އަހަރީ ފީ އާއި އެ ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ފައިސާ ފައިސާ އެކީ އެއް ފަހަރާ ދައްކަން ދަތިވާ މީހުންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމެވެ.

އެ ގަވާއިދުގައިވާ ގޮތުން ފަސް ޝަރުތެއް ހަމަވާ މީހުންނަށް އަހަރީ ފީ އާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދައްކަން ފުރުސަތު ދެވޭނެ އެވެ. އެއީ؛

- ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 10،000ރ. އަށް ވުރެ އިތުރުވެފައިވުން

- ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވުން

- ގަވާއިދުގެ ދަށުން ފައިސާ ބަހާލައިގެން ދައްކަން އަމިއްލައަށް ހުށަހެޅުން

- މީގެކުރިން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާ ފަރާތަކަށް ނުވުން

- އެދޭ ފަރާތަކީ އުޅަނދުގެ ވެރިފަރާތް ކަމުގައިވުން.

ގަވާއިދުގެ ތެރެއިން ކުރިން ފުރުސަތު ދެވި، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ހަލާސްކޮށްފައިވާ ފަރާތްތަކަށް އަލުން ފުރުސަތު ދޭނެ އެވެ.

ގަވާއިދުގެ ދަށުން މަގުބޫލު އުޒުރެއް ނެތި ފައިސާ ނުދައްކާތާ 30 ދުވަސް ފާއިތުވެދިޔަ ނަމަ، އެއްބަސްވުން ބާތިލު ކުރުމުގެ ބާރު ޓްރާންސްޕޯޓަށް ލިބިގެންވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު