ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މާލެ ސިޓީ ކައުންސިލަށް ގޮސް ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅޭ ގޮތް ހަދައިފި
އަހުމަދު ނިހާން
31 މާޗް 2025 - 20:20
0
comments
Tweet
Telegram
'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު މާލޭ ސިޓީ ކައުންސިލުގައި ހަމަޖައްސައިފި އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މިފެށޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގައި ކައުންސިލުން އެހީތެރިވާނެ ކަމަށެވެ.
ފްލެޓަށް ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވަނީ ވެސް އެ ތާރީހަށެވެ.
ސިޓީ ކައުންސިލުން ބުނީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި އެހީވުމުގެ ގޮތުން، އާންމު ހިދުމަތްތަކާ ބެހޭ ބައި މިއަދުން ފެށިގެން އޭޕްރީލް 5 އާ ހަމައަށް ހުޅުވާނެ ކަމަށެވެ. އެ ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރު 2:30 އަށް އަދި ރޭގަނޑު 9:30 އިން 11:00 ހިދުމަތް ދޭނެ އެވެ.
އެކަމަކު އަންނަ މަހުގެ 6 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް އެ ހިދުމަތްދޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އެ މުއްދަތުގައި ރޭގަނޑު ހިދުމަތް ދޭނީ 9:00 އިން 11:00 އަށެެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި އެ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓު ލިބޭ މީހުން އެ ސަރުކާރުގެ ފަހުކޮޅުގައި އޮތީ ކަނޑައަޅާފަ އެވެ.
އެކަމަކު ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އާ ސަރުކާރުން ބޭނުންވީ އެ ލިސްޓު މުރާޖައާ ކުރާށެވެ. އެހެންވެ، ލިސްޓު އަލުން ބެލުމަށް ފަހު މިދިޔަ މަހުގެ ފަހުކޮޅު އާ ލިސްޓެއް ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ފްލެޓް ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ އެންމެ 1،820 މީހުންނަށެވެ.
އިވެލުއޭޓު ކުރަން ކަމަށް ބުނެ ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށްފަހު އިއުލާނު ކުރި ފްލެޓް ލިސްޓާ މެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ފްލެޓަށް އިއުލާނު ކުރިއިރު، އާންމު ކުރި އުސޫލުގައި ނުހިމެނޭ ނުކުތާއަކަށް ބަލައިގެން ގިނަ ބަޔަކު ޑިސްކޮލިފައި ކޮށްފައިވުން ހިމެނެ އެވެ.
ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ފްލެޓު ލިސްޓުގެ ކަންކަން ކޮށްފައި ވަނީ އެންމެ އިންސާފުވެރިކޮށް ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
މިއަދު ހަވީރަކީ ހިނގާފައި އުޅޭ ވަގުތެއް، ވެހިކަލް ދުއްވުން މަނާ
8 ދުވަސް ކުރިން
0
ފްލެޓް ލިސްޓަށް މިހާތަނަށް 2800 އަށްވުރެ ގިނަ ޝަކުވާ ލިބިއްޖެ
14 ދުވަސް ކުރިން
0
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހު 15އަށް އިތުރުކޮށްފި
15 ދުވަސް ކުރިން
0
ހަތަރު މިލިއަން ރުފިޔާއަށް ކާނިވާ ސްޓޭޖު ތަރައްގީކުރުމުން ހުންނާނެ ގޮތުގެ ފޮޓޯ ދައްކާލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
33%
33%
33%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރާއްޖެ އިސްތިހާރުކުރުމަށް ލިވަޕޫލާއެކު ކުރިއަށްގެންދާ ކެމްޕެއިން ފެށުމަށް ރައީސް އިނގިރޭސިވިލާތަށް
8 ގަޑިއިރު ކުރިން
0
ގައުމީ ސަލާމަތާގުޅޭ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
14 ގަޑިއިރު ކުރިން
0
ހޯރަފުށި ސިއްހީ މަރުކަޒުން ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް
15 ގަޑިއިރު ކުރިން
0
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް
17 ގަޑިއިރު ކުރިން
0