ފްލެޓް އަޅައިގެން ވިއްކުމުގެ ވިޔަފާރި އަށް އާރުސީސީ އަތޮޅުތެރެއަށް
މަރިޔަމް އަނާ
23 އޭޕްރީލް 2025 - 00:30
0 comments
ފްލެޓް އަޅައިގެން ވިއްކުމުގެ ވިޔަފާރި އާރުސީސީން އަތޮޅުތެރޭގައި ފަށަން އެއްބަސްވުން
ދ. ކުޑަހުވަދޫގައި ވިއްކާ ގޮތަށް އާރުސީސީން ފުރަތަމަ ފަހަރަށް ފްލެޓް އިމާރާތްތަކެއް ހެދުމަށް އެ ރަށު ކައުންސިލާ އެކު މިއަދު ސޮއިކޮށްފި އެވެ.
މިއީ ރާއްޖޭގައި އެންމެ ފުޅާކޮށް އިމާރާތްކުރުމުގެ ވިޔަފާރިކުރާ އެއް ކުންފުނި އާރުސީސީން މާލެ އިން ބޭރުގައި ހިންގާ ފުރަތަމަ ހައުސިން ޕްރޮޖެކްޓު ވެސް މެ އެވެ.އާރުސީސީން ކުޑަހުވަދޫގައި ހެދުމަށް ހަމަޖެހިފައި ވަނީ ދެ ބްލޮކް އެކުލެވޭ 80 އެޕާޓްމެންޓެވެ. މި ފްލެޓްތަކަކީ ބޭންކް މެދުވެރިކޮށް ގަނެވޭނެ ފްލެޓްގެ ތަކެކެވެ. މީގެ ފެލެޓެއްގެ އަގަކީ 1.5 މިލިޔަން ރުފިޔާއެވެ.މި އިމާރާތުގައި ފަރުމާކޮށްފައި ވަނި ދެ ލިފްޓު ހަރުކުރާ ގޮތަށެވެ. މި ފްލެޓްތަކުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކެކެވެ.މިއަދުގެ ރަސްމިއްޔާތުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު ވިދާޅުވީ، އެއީ އެ ރަށަށް ހިޖުރަކުރާ މީހުންނަށް އަބަދުވެސް މަރުހަބާ ކިޔާ ބަޔަކު އުޅޭ ރަށެއް ކަމަށެވެ. އަދި އާރުސީސީގެ ހައުސިން ޕްރޮޖެކްޓާ އެކު ކުޑަހުވަދު އަށް އިތުރު ކުރިއެރުން އަންނާނެ ކަމަށް ވިދާޅުވި އެވެ.މިއަދު ބޭއްވި ހަފުލާގައި ބޭންކް އޮފް ސިލޯނާއި އެމްއައިބީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.މި ރަސްމިއްޔާތުގައި އާރުސީސިގެ ޗެއާމަން ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް ވިދާޅުވީ ކުޑަހުވަދޫއަކީ ތައްރައްޤީއަށް ވަރަށް ބޮޑަށް ލޯބިކުރާ ރައްޔިތުންތައްކެއް ދިރިއުޅޭ ރަށެއްކަމަށެވެ. އަދި އޭނާ ކުޑަހުވަދޫއަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ އުމްރާނީ ތަރައްޤީއަށް ރައްޔިތުން މަސައްކަތްކުރާއްވާ މަންޒަރު ފެނިވަޑައިގެންފައިވާކަމަށް ވިދާޅުވި އެވެ.ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ފްލެޓްގެ ބުކިންއަށް ވަނީ ހުޅުވާފައެވެ. ފްލެޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން އާރުސީސީއާ ގުޅުންމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް ވެސް އާރުސީސީން ވަނީ މައުލޫމާތު ދީފައެވެ.
ކިޔުންތެރިންގެ ޝުއޫރު