ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފްލެޓް ލިސްޓަށް 8،000އަށް ވުރެ ގިނަ ޝަކުވާ
އަލީ ރާޒީ
16 އޭޕްރީލް 2025 - 22:14
0
comments
Tweet
Telegram
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ 4،000 ފްލެޓް ލިބޭ ބައެއް މީހުން ހިމަނައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަހުން އެކުލަވާލި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތު ހަމަވިއިރު 8،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.
ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓު ލިބޭ މީހުންގެ ލިސްޓުގެ އިވެލުއޭޝަން ހެދުމަށް ފަހު، އެ ލިސްޓު މިދިޔަ ފެބްރުއަރީ މަސް ތެރޭ ވަނީ އާންމުކޮށްފަ އެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތު އިއްޔެއަށް ވަނީ ހަމަވެފަ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި، އެ ލިސްޓަށް 8،602 ޝަކުވާ ހުށަހަޅާފައިވެ އެވެ. އެއީ:
ޕޯޓަލް މެދުވެރިކޮށް: 5236 ޝަކުވާ
އީމެއިލް މެދުވެރިކޮށް: 2840 ޝަކުވާ
ސިޓީ މެދުވެރިކޮށް: 526 ޝަކުވާ
ހުޅުމާލޭގައި އަޅަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުން ކަމަށް ބުނެ އެކުލަވާލާފައިވާ ލިސްޓް މިސަރުކާރުން އަލުން އިވެލުއޭޓް ކުރުމުން ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައިވެ އެވެ.
ރައީސް ސޯލިހްގެ ސަރުކާރު ނިމެމުން ދަނިކޮށް އެ ސަރުކާރުން ގެޒެޓުކުރި ލިސްޓުގައި 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 8،660 މީހުންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިމަހުގެ 27 ވަނަ ދުވަހު ހާމަކުރި މައުލޫމާތަށް ބަލާއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން 75 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ފްލެޓު ލިބެނީ 1,423 މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ފްލެޓް ލިބެނީ 397 މީހުންނަށެވެ. އެކަމަކު ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ގޮތުގައި 3,721 މީހުން އަދި ދެ ކޮޓަރި ފްލެޓް ލިބޭ މީހުންގެ ގޮތުގައި 1,218 މީހުން ހިމަނާފައިވެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ 4،000 ފްލެޓްގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
18 ދުވަސް ކުރިން
0
މާލެ ސިޓީ ކައުންސިލަށް ގޮސް ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅޭ ގޮތް ހަދައިފި
25 ދުވަސް ކުރިން
0
ފްލެޓް ލިސްޓަށް މިހާތަނަށް 2800 އަށްވުރެ ގިނަ ޝަކުވާ ލިބިއްޖެ
1 މަސް ކުރިން
0
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހު 15އަށް އިތުރުކޮށްފި
2 މަސް ކުރިން
0
ތިން ދުވަސްތެރޭ ފުލެޓު ލިސްޓަށް 700 އަށްވުރެ ގިނަ ޝަކުވާ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ފަރުވާ ދެނީ
10 ގަޑިއިރު ކުރިން
0
ޑްރަގާއެކު އެއްމާބަނޑު ދެބެން ހައްޔަރުކޮށްފި
10 ގަޑިއިރު ކުރިން
0
ޔާމީންއަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް މި މަހު 28 އަށް ޝެޑިއުލްކޮށްފި
10 ގަޑިއިރު ކުރިން
0
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަނީ..!
18 ގަޑިއިރު ކުރިން
0