ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަނީ..!
އަހުމަދު ނިހާން
18 އޭޕްރީލް 2025 - 11:42
0
comments
Tweet
Telegram
ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުދާހެން، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމަށާއި، އަތޮޅު ކައުންސިލްތައް އުވައިލުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ ތާއީދަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މުއިއްޒު މެންބަރުންގެ ކިބައިން އެގޮތަށް އެދިވަޑައިގެންނެވީ އިއްޔެ މެންދުރު މުލިއާގޭގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު(ޕީޖ)އާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މެންދުރުގެ ފަރިކޮޅެއްގެ ތެރެއިން ބޭއްވި އެ ބަދަލުވުމުގައި ރައީސް ވަނީ މައިގަނޑު ހަތަރު ވާހަކައެއް މެންބަރުންނާ ހިއްސާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންެވި ބައެއް ބޭފުޅުން ވަނީ މިއަދު އެކަމުގެ މައުލޫމާތު 'ދައުރު'އާ ހިއްސާކުރައްވައިފަ އެވެ.
"އެއް ކަމަކަށް ރައީސް ވިދާޅުވީ މިއަހަރު ތެރޭ ރިފަރެންޑަމްއަށް ދާނެ ކަމަށް. އެކަން މެންބަރުންނާ ހިއްސާކޮށް މެންބަަރުންގެ ތާއީދަށް އެދިވަޑައިގެންނެވި،" ބައްދަލުވުމުގައި އިންނެވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ
މީގެއިތުރުން ވެރިކަމުގެ ހުވާ ކުރާ ދުވަސް ޖުމްހޫރީ ދުވަހަށް ބަދަލުކުރުމަށް ވެސް ރައީސް ހުށަހަޅުއްވާނެ އެވެ. އެއީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 11 ވަނަ ދުވަހެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހަމައިން ފެށިގެން އިންތިހާބީ ރައީސް ހުވާ ކުރައްވަމުން ގެންދަވާފައި ވަނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުން ލަސްވުމާ ގުޅިގެންނެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް މިއަހަރު ދިޔުމަށް ނިންމާފައިވާކަން ރައީސް މުއިއްޒު ފުރަތަމަ އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުން އެގޮތަށް ދެކޭނަމަ 2028 ގެ އިންތިހާބު ކުރިއަށް ގެންދާނީ އެއްބުރަށް ކަމަށްވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.
"ދިރާސާ ކުރަމުންދާ ކަމެއް، އެޓަރނީ ޖެނެރަލާ އަޅުގަނޑު ހަވާލުކޮށްގެން ދިރާސާ ކުރަމުންދާ ކަމެއް، ބައެއް ގައުމުތަކުގައި އޮންނަ ގޮތެއް، ޕްރިފަރެންޝަލް ވޯޓިން ނިޒާމު. ދެވަނަ ބުރު އުވާލުން. ޕާސަނަލީ އަޅުގަނޑު ގަބޫލުކުރާގޮތް،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.
ގިނަ ޕާޓީތަކަށް ވާދަކުރެވޭ ގޮތަށް ރާއްޖޭގައި ރިޔާސީ އިންތިހާބު ބާއްވަން ފެށި ފަހުން ފުރަތަމަ ބުރުގައި 50 އިން މަތިން ވޯޓު ހޯދައިގެން އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 2018 ވަނަ އަހަރު، އޭރު އެމްޑީޕީން ވާދަ ކުރެއްވި ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެފަހަރު އެއްބުރުން އިންތިހާބު ކާމިޔާބުކުރަން އެންމެ ބޮޑު ބާރަކަށް ވެގެން ދިޔަ މައިގަނޑު ސަބަބަކީ އެމަނިކުފާނާ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލާފައި ތިބުމުން، ރިޔާސީ އިންތިހާބުގެ ކުރިން އިދިކޮޅު ހުރިހާ ޕާޓީތަކެއް ކޯލިޝަން ހެދުމެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން ރައީސް ހިތާމަ ފާޅުކުރައްވައިފި
16 ދުވަސް ކުރިން
0
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް ޑަބްލިއުއެޗްއޯއިން ރައީސަށް އެވޯޑެއް
16 ދުވަސް ކުރިން
0
މޯލްޑިވްސް ނެޝަނަލް ސާވިސް ހިންގަން ޑިފެންސް މިނިސްޓްރީއަށް
16 ދުވަސް ކުރިން
0
ރާއްޖޭގެ 4 އަތޮޅެއްގައި ގާއިމުކުރި ޑަޔަލަސިސްގެ ހިދުމަތް ރައީސް ފައްޓަވައިދެއްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވު އިތުރުވުމަކީ ލިބުނު ހިތްހަމަޖެހުމެއް: އިންޑިއާ
13 ގަޑިއިރު ކުރިން
0
އެސްޓީއޯ ރޯދަ ބާޒާރު ޕްރޮމޯޝަންގެ އިނާމު ލިބޭ ނަސީބުވެރިޔާ ހޮވައިފި
13 ގަޑިއިރު ކުރިން
0
މެނިންގޯކޮކަލްގެ އިތުރު ކޭސްއެއް ނެތް: އެޗްޕީއޭ
18 ގަޑިއިރު ކުރިން
0
އިރާނުން ރައްދުގައި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
1 ދުވަސް ކުރިން
0