ޚަބަރު
އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމީޓީއިން ދިރާސާކުރުމަށްފަހު މިއަދުގެ ޖަލްސާއަށް ވަނީ ޝަކީލް އައްޔަން ކުރުމާއި ގުޅޭ ދިރާސާ ރިޕޯޓް ހުށަހަޅުއްވާފަ އެވެ. އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ޝަކީލްއަށް ރުހުން ހޯދުމަށް މިއަދުގެ ޖަލްސާގައި ނެގި ވޯޓުން 51 މެންބަރުންގެ ތާއީދާއެކު ޝަކީލް އީސީގެ މެންބަރަކަށް އައްޔަން ކުރުމަށް މިވަނީ މަޖިލީހުގެ ރުހުން ލިބިފައެވެ.

ހަތް މެންބަރުން ވަނީ ޝަކީލް އެ މަގާމަށް އައްޔަން ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދީފަ އެވެ.

ޝަކީލް މީގެ ކުރިން ވަނީ އީސީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގެ އިތުރުން ކޮމިޝަންގެ މެންބަރުކަން ކުރައްވާފަ އެވެ.

އެ ގޮތުން ސެޕްޓެމްބަރު 01، 2013 އިން ޑިސެމްބަރު 03، 2014 އަށް އީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރެއްވި އެވެ. އަދި ޑިސެމްބަރު 03، 2014 އިން މޭ 09، 2018 އަށް އީސީގެ މެންބަރުކަން ކުރެއްވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު