ޚަބަރު
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން: ޖޭއެސްސީ
ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން - ފޮޓޯ/ ރައީސް އޮފީސް
ސަސްޕެންޑުކޮށްފައިވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރަމުންދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ބުނެފި އެވެ.

އޭސީސީގެ ތަހުގީގަކަށް ރިއާޔަތްކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހެދުނު ސަސްޕެންޑުކުރީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ.

ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވަ އެވެ. އެ އަޑުއެހުން ފަހުން ކެންސަލް ކުރީ އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މުއްދަތެއް ނެތް ގޮތަށް ތިން ފަނޑިޔާރުން ސަސްޕެންޑްކުރަން ނިންމީ އެ ތިން ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އޭސީސީން ޖޭއެސްސީއަށް އަންގާފައިވާތީ އެވެ.

ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ތަހުގީގީ އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފިކަން އެ ކޮމިޝަނުގެ ސަމާލު ކަމަށް އަންނަތާ 48 ގަޑިއިރުގެ ތެރޭގައި އެ ފަނޑިޔާރަކު ސަސްޕެންޑްކުރުމާ މެދު ކޮމިޝަނުން ވަކި ގޮތެއް ނިންމަން ޖެހޭނެ އެވެ.

ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބަލަމުންދާ ކަމަށް އޭސީސީން ބުނި ނަމަވެސް ބަލަމުންދާ މައްސަލައިގެ ތަފުސީލެއް ނުދެ އެވެ.

މިއަދު ހެނދުނު 10:00 ގައި ވަނީ ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހަޅައިފައިވާ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައެވެ.

ޖުމްލަ 79 މެންބަރުން މަޖިލީހަށް ހާޒިރުވިއެވެ. މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 68 މެންބަރުން ފާސްކުރަން ވޯޓު ދީގެންނެވެ. ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދިނެވެ.

ސުޕްރީމް ކޯޓުން އަންނަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުންނެވެ.

އެ މައްސަލަ ކުރިއަށްދަނިކޮށް މި ބިލް ހުށަހެޅުމަކީ ޖުޑިޝަރީއަށް ބާރު ފޯރުވައި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު