ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލް ކޮމިޓީން ފާސްކޮށްފި
އަލީ ރާޒީ
25 ފެބުރުއަރީ 2025 - 19:26
0
comments
ޖުޑިޝަރީ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު
Tweet
Telegram
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު ތިއްބެވި އެ ކޯޓުުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ބިލު ހުށަހެޅުއްވީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެގޮތުން:
ބިލުގެ ފުރަތަމަ ކިޔުން އިއްވީ އިއްޔެ؛ ބިލު ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު
ބިލުގެ އިބްތިދާއީ ބަހުސް ފެށީ މިއަދު؛ ބިލު ތަޅުމަށް ބަލައިގަތީ މިއަދު
ބިލު ކޮމިޓީ މިއަދު ހަވީރު ފަށައި ބިލު ފާސްކުރި
މިއަދު ކޮމިޓީގެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދުގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ނިޒާރެވެ. އަށް މެންބަރުންގެ ވޯޓުން އެ ގޮތަށް ފާސްކުރި އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވީ އޭޕްރީލް ފަހުކޮޅަށް ބިލުގެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް އަށް މެންބަރުންގެ ވޯޓުން އެ ހުށަހެޅުން ފެއިލްކޮށްލި އެވެ.
އޭގެ ފަހުން ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ގެންދެވީ ބިލުގެ ފަހަރަކު މާއްދާއެއް ވިދާޅުވެ އިސްލާހެއް ހުށަހަޅަން އޮތްނަމަ އެ ފުރުސަތު ދެއްވަމުންނެވެ. އެއިން ކޮންމެ މާއްދާއަކަށް އެމްޑީޕީގެ މެންބަރުން ގެންދިޔައީ އިސްލާހު ހުށަހަޅަމުންނެވެ. ޕީއެންސީ މެންބަރުންގެ ވޯޓުން ގެންދިޔައީ އެމްޑީޕީން ހުށަހަޅާ އިސްލާހުތައް ބޭރުކުރަމުންނެވެ.
ކޮމިޓީން ފާސްކުރީ ބިލު ހުށަހެޅި ގޮތަށެވެ. ހަތް މެންބަރުންގެ ވޯޓުންނެވެ. ޕީއެންސީގެ މެންބަރުންގެ ތެރެއިން ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ބިލު ފާސްކުރަން ވޯޓެއް ނުދެއްވަ އެވެ.
ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވައިފައިވާ އަނާރާ އެ ބިލު ފާސްކުރުމުގައި ވަކި ކޮޅަކަށް ޖެހިވަޑައިގަންނަވަން ދެކޮޅުހެއްދެވިއިރު، މިއަދު އެ ބިލް ކޮމިޓީއަށް ފޮނުވަން ނެގި ވޯޓުގައި ބައިވެރިނުވާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ވޯޓުގައި ބައިވެރިނުވުމަކީ އެއްވެސް ފަހަރަކު އެއްވެސް މެންބަރަކު ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ބަދަލުކޮށް، ގުނަވަން ޓްރާންސްޕްލާންޓުކުރާ ބިލު ފާސްކޮށްފި
10 ދުވަސް ކުރިން
0
ނޯތު ހާބަރު ބޭނުން ކުރާ އޮޑިވެރިންގެ ޝަކުވާތައް ކުޑޫ މަޖިލީހަށް ހުށަހަޅައިފި
16 ދުވަސް ކުރިން
0
މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓު ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
18 ދުވަސް ކުރިން
0
ސިނގިރެޓްގެ ޑިއުޓީ ކުޑަކުރާ ބިލު އޮތް ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޯޔޫއެއް
11 ގަޑިއިރު ކުރިން
0
އުރީދޫން ދޭ ތިންވަނަ އޭޓީވީގެ ނަސީބުވެރިޔާ ހޮވައިފި
11 ގަޑިއިރު ކުރިން
0
އައްޑޫ ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހާއްސަ ކުންފުންޏެއް ރައީސް އުފައްދަވައިފި
11 ގަޑިއިރު ކުރިން
0
ދިވެހިރާއްޖޭގެ ރަށްތައް މަރައިލުން!
18 ގަޑިއިރު ކުރިން
0