ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ކުޅުދުއްފުށީގައި ބީއެމްއެލްއިން ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
އަހުމަދު ނިހާން
26 ފެބުރުއަރީ 2025 - 16:20
0
comments
Tweet
Telegram
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައި، އެ ރަށުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.
މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ބީއެމްްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އެވެ.
އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ ރަށްރަށަށް އިތުރު ތަރައްގީ ގެނެސްދިނުން ކަމަށެވެ.
"ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކް. އަޅުގަނޑުމެންނަކީ ތިޔަ ބޭފުޅުންގެ ކުރިއެރުމުގެ ބައިވެރިއެއް. އަޅުގަނޑުމެން ތައާރަފުކުރާ ކޮންމެ ހިދުމަތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެ މަގުސަދުގައި ކުރާ ކަމެއް." އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ އިތުރުން ބީއެމްއެލްގެ ޑޮލަރު އޭޓީއެމް އައްޑޫ ސިޓީ އާއި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ހުރެ އެވެ.
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމާ އެކު، ބީއެމްއެލް އިން މިހާރު މާލެ އާއި ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ކ. މާފުށީގައި ހިދުމަތްދޭ ޑޮލަރު އޭޓީއެމްގެ ވިއުގަ ވަނީ ފުޅާވެފަ އެވެ.
މި ހިދުމަތާ އެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
އަތޮޅުތެރޭގެ އޭޓީއެމްތަކަށް ހަތަރުމަސް ތެރޭގައި 1.3 ބިލިއަން ޖަމާކުރި
5 ދުވަސް ކުރިން
0
ކުޑަފަރީ އަދި ހެނބަދޫގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ފަށައިފި
9 ދުވަސް ކުރިން
0
ބީއެމްއެލް ސްކޮލާޝިޕް ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި
10 ދުވަސް ކުރިން
0
ބީއެމްއެލްއިން ސްޓޫޑެންޓް ޑެބިޓް ކާޑު ތައާރަފްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ވައިގެ މަގުން އެތެރެކުރަން ކުރަން އުޅުނު އެއް ކިލޯ ކޮކެއިން އަތުލައިގެންފި
10 ގަޑިއިރު ކުރިން
0
ކައުންސިލްތަކުގެ ބައިއިލެކްޝަން މަދުކުރާ ބިލު ތަސްދީގުކޮށްފި
10 ގަޑިއިރު ކުރިން
0
ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށަން އެމްޕީއެލްއާ ހަވާލުކޮށްފި
10 ގަޑިއިރު ކުރިން
0
ދުންފަތާ ދެކޮޅު ފިޔަވަޅުތަކާ ގުޅިގެން ރައީސް މުއިއްޒަށް ހާއްސަ އެވޯޑެއް
10 ގަޑިއިރު ކުރިން
0