ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ދުންފަތާ ދެކޮޅު ފިޔަވަޅުތަކާ ގުޅިގެން ރައީސް މުއިއްޒަށް ހާއްސަ އެވޯޑެއް
މަރިޔަމް އަނާ
19 މެއި 2025 - 19:45
0
comments
Tweet
Telegram
ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.
މި އެވޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ޑަބްލިއުއެޗްއޯ އިން ކޮންމެ އަހަރަކުވެސް ދޭ އެވޯޑެކެވެ.
މި އަހަރު އެވޯޑް ލިބޭ އެހެން ބޭފުޅުންގެ ތެރޭގައި މޮރިޝަސްގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްނަސް ހިމެނެ އެވެ.
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ފާހަަގަކޮށް، ދުނިޔޭގެ އެކި ގައުމުތަކުން 36 ފަރާތަކަށް އެވޯޑު ދީފައިވެ އެވެ. އެކަމަކު އެންމެ ހާއްސަ އެވޯޑު ލިބިވަޑައިގެންނެވީ ރައީސް އަށާއި މޮރިޝަސް އަށެވެ.
2007 އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ "ޖެނެރޭޝަން ބޭން"އެއް ކަނޑައެޅުމަށް ފާސްކޮށްފައިވާތީ، އެކަމަށް ޑަބްލިއުއެޗްއޯއިން ކުރިން ވަނީ މަރުހަބާ ކިޔާފަ އެވެ. އެކަން، އެ ޖަމިއްޔާއިން ސިފަކުރީ، "ޖެހިލުން ކުޑަ" ނިންމުމެއްގެ ގޮތުގަ އެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ދުންފަތާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް މިހާތަނަށް އަޅާފަ އެވެ. މީގެ ތެރޭގައި ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުން މަނާކުރުމާއި ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާއި، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ވަނީ ނިންމައިފަ އެވެ.
ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ހުއްޓާލައި ފައިދާ ހުރި އެހެން މަސައްކަތެއް ކުރުމަށްވެސް ރައީސް އެދިވަޑައިގެންފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ގަޑިއިރު ކުރިން
0
މަސް ގަންނަ އަގު 20ރ. އަށް މަތިކުރާނެކަމުގެ ޔަގީންކަން
1 ދުވަސް ކުރިން
0
އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ގޮވައިލައްވައިފި
2 ދުވަސް ކުރިން
0
ސަރުކާރުން ބޭނުންވަނީ ޑިމޮކްރަސީގެ އިރު އޮއްސޭތަން ދެކެން: ޝާހިދު
4 ދުވަސް ކުރިން
0
ހޮވާ މީހުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭންޖެހޭ: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ވައިގެ މަގުން އެތެރެކުރަން ކުރަން އުޅުނު އެއް ކިލޯ ކޮކެއިން އަތުލައިގެންފި
4 ގަޑިއިރު ކުރިން
0
ކައުންސިލްތަކުގެ ބައިއިލެކްޝަން މަދުކުރާ ބިލު ތަސްދީގުކޮށްފި
4 ގަޑިއިރު ކުރިން
0
ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށަން އެމްޕީއެލްއާ ހަވާލުކޮށްފި
4 ގަޑިއިރު ކުރިން
0
ދުންފަތާ ދެކޮޅު ފިޔަވަޅުތަކާ ގުޅިގެން ރައީސް މުއިއްޒަށް ހާއްސަ އެވޯޑެއް
4 ގަޑިއިރު ކުރިން
0