ވައިގެ މަގުން އެތެރެކުރަން ކުރަން އުޅުނު އެއް ކިލޯ ކޮކެއިން އަތުލައިގެންފި
އައިމިނަތު ޝިޔާޒާ
19 މެއި 2025 - 20:05
0 comments
ކަސްޓަމްސްއިން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތި - ފައިލް ފޮޓޯ: ކަސްޓަމް
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް ކިލޯގެ ކޮކެއިން، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ތަކެތި އަތުލައިގަތީ މިދިޔަ މަހު 27ގައި ކުރިއާ މެދުވެރިކޮން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. އެ އިދާރާއިން ހާމަކުރި ގޮތުގައި އަތުލައިގަތީ ވަައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި 1020 ގްރާމްގެ ކޮކެއިން އެވެ.މި ތަކެތީގެ މަގުމަތީ އަގު 2.5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމުން ބުނެ އެވެ.ކަސްޓަމްސްއިން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު