ޚަބަރު
ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މި ތަކެތި އަތުލައިގަތީ އައްޑޫ، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 130،155 ސިނގިރޭޓު އަތުލައިގަނެފައިވެ އެވެ. އެއީ ގާތްގަނޑަކަށް 6،500 ފޮށި ސިނގިރޭޓެވެ.

އަތުލައިގަތް ސިނގިރޭޓުތަކާމެދު އަމަލުކުރި ގޮތެއް އަދި މި މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ކަސްޓަމްސް ނޫނީ ފުލުހުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު