ޚަބަރު
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މެއި 17، ގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރީ މއ. ދަގަނޑުކެޑިގެ، ހަސަން ނިމާލު އާއި ހ. ރީފްވިޔު ހުޅަނގުބައި، ޝިފާނާ އަބްދުއްސައްތާރު އެވެ.

މި ދެ މީހުން ހައްޔަރުކުރީ މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ފައިސާ އާއި މަސްތުވާތަކެތި ފެނުމުންނެވެ. އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1058.55 ގްރާމު ހުރި ކަމަށް ފުލުހުން ބުނެ އެވެ.

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7000ރ. އެ މީހުންގެ އަތުން ފެނުނު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު