ޚަބަރު
ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ
ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އެ މީހާގެ އަތް ބުރިވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ނ. ދިގުރަށުގައި ހިންގާ ސިޔާމް ވޯލްޑު ކައިރީގައި ރޭ 10:00 ހާއިރު އެވެ. އަނިޔާވީ ރ. މަޑުއްވަރީ ދޯންޏެއްގައި ލަނޑާ ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެމީހާގެ ކަނައަތް އުޅަނބޮއްޓާ ހިސާބުން ބުރިވެފައި ވާކަމަށެވެ. އަދި މީގެ އިތުރުން ވެސް އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން އިތުރުފަރުވާއަށް އެ މީހާ މިހާރު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު