ވިޔަފާރި
ބީއެމްއެލް ސްކޮލާޝިޕް ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޭންކިން އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހިންގާ ސްކޮލަޝިޕް ފަންޑަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.

ފަންޑުގެ ދަށުން ސްކޮލާޝިޕް ލިބޭ ދަރިވަރިންނަށް ޓިއުޝަން ފީ، މަހު އެލަވަންސް، ވިސާ ފީ، ފޮތާއި އެސްޓަބްލިޝްމަންޓް އެލަވަންސް އިތުރުން ދަތުރުފަތުރުގެ ޚަރަދު ބޭންކުން ހަމަޖައްސައިދޭނެއެވެ. އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންނަށް މި ސްކޮލާޝިޕަށް ކުރިމަތިލެވޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މާލީ ދާއިރާއަށް ގާބިލު މީހުން އުފެއްދުމުގައި ބީއެމްއެލް ސްކޮލާޝިޕް ފަންޑުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

"މާލީ ދާއިރާއަށް ގާބިލު މީހުން އުފެއްދުމުގައި ބީއެމްއެލް ސްކޮލަޝިޕް ފަންޑުން ވަރަށް މުހިންމު ދައުރެއް އަދާކުރޭ. ޒުވާން ދިވެހިންނަށް ދުނިޔޭގެ ފެންވަރު ރަނގަޅު މަތީ ތައުލީމު ހޯދުމަށް އެހީތެރިވެދިނުމުން އަޅުގަނޑުމެން މި އިންވެސްޓްކުރަނީ ދިވެހިރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ. 

ބީއެމްއެލް ސްކޮލަޝިޕް ފަންޑް 2022ގައި ތައާރަފްކުރުމަށް ފަހު މިހާތަނަށް 9 ދަރިވަރަށް ސްކޮލާޝިޕް ފޯރުކޮށްދީފައިވެ އެވެ. މި ދަރިވަރުން އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގައި ތައުލީމު ހާސިލުކުރަމުން އަންނަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު