ލަންކާގައި ބަހެއް ވެއްޓި 21 މީހަކު މަރުވެއްޖެ
ހަސަން ހަލީމް
11 މެއި 2025 - 17:21
0 comments
ސްރީ ލަންކާގައި ހިނގި ބަސް އެކްސިޑެންޓުގައި ބަސް އެއްކޮށް ހަލާކުވެފައި. -- ފޮޓޯ: އޭއެފްޕީ
ސްރީ ލަންކާގައި މިއަދު ބުޑިސްޓުންގެ އަޅުކަމަކަށް ދިޔަ ބަޔަކު ދަތުރުކުރި ބަހެއް އުސް ސަރަހައްދަކުން ދަނިކޮށް ތިރިއަށް ވެއްޓި 21 މީހަކު މަރުވެ 24 މީހަކު ޒަހަމްވެއްޖެ އެވެ.
ހަތްދިހަ އަށް ވުރެ ގިނަ މީހުންނާ އެކު ދަތުރުކުރި ބަސް ވެއްޓި، 21 މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް ކަށަވަރުވެފައިވާ ކަމަށްވާ ލަންކާގެ ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ޕްރަސައްނާ ގުނަސަނެ ވިދާޅުވި އެވެ. މި ހާދިސާގައި ޒަހަމްވި އިތުރަށް ބަޔަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނީ ބަހުގެ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ."މިއީ މެކޭނިކަލް މައްސަލައެއްގެ ސަބަބުންތޯ ނުވަތަ ޑްރައިވަރަށް ނިދިގެން ދިމާވި ކަމެއްތޯ ޔަގީންކުރުމުގެ މަސައްކަތް ދަނީ ކުރިއަށް،" ނަން ހާމަ ނުކުރަން ޝަރުތުކޮށް އޭއެފްޕީއާ ވާހަކަ ދެއްކެވި ފުލުހުންގެ އޮފިސަރަކު ވިދާޅުވި އެވެ.ހާދިސާ ހިނގި ތަނުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ ޒަހަމްވި މީހުން ވަނީ ހާދިސާ ހިނގިތާ އިރުކޮޅެއްގެ ތެރޭ، ކައިރީގައި ހުރި ދެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.އާންމުން އެހީ ނުވި ނަމަ، މަރުވި މީހުންގެ އަދަދު މިއަށްވުރެ މަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ޝުއޫރު